ދުނިޔެ

އާއިލާގެ ނުގަބޫލުގައި ކައިވެނިކުރަން އުޅުމުން އިނގިލިތައް ބުރިކޮށްލައިފި

އައިކާ ޔުނާން ، ދެން އޮންލައިން

އަވަށްޓެރި އިންޑިއާގައި ޒުވާން އަންހެން ކުއްޖަކު އޭނާގެ މައިންބަފައިންގެ ނުގަބޫލުގައި ކައިވެނި ކުރަން އުޅުމުން އަތުގެ އިނގިލިތައް ބުރިކޮށްލައިފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ ކަރްނާޓަކާގެ ކުޑަ ވިލޭޖެއްގައި މި ހާދިސާ ހިނގާފައި ވަނީ އުމުރުން 24 އަހަރުގެ ދަނަލަކްޝްމީ އޭނާގެ 28 އަހަރުގެ ލޯބިވެރިޔާ ކަމުގައިވާ ސަތްޔާ އާއި ކައިވެެނި ކުރަން އުޅުމުންނެވެ.

މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދެ އަހަރަށް ވުރެން ގިނަ ދުވަސް ވަނީ ވެފައެވެ. އެހެންކަމުން ދެމީހުން ވެސް ބޭނުންވީ އިތުރަށް ލަަސްނުކޮށް ކައިވެނި އަވަސް ކުރާށެވެ.

ކައިވެނީގެ ކުރިން ދަނަލަކްޝްމީ މިވާހަަކަ އޭނާގެ މައިންބަފައިންގެ ގާތު ހިއްސާ ކުރުމުން އެމީހުން ވަނީ ސަތްޔާ އާއި ކައިވެނި ނުކުރެވޭނެ ކަަމަށް ބުނެ ދަނަލަކްޝްމީ އާއި ދިމާލަށް އެއްޗެހި ކިޔައިފައެވެ.

ނަމަވެސް، ދަނަލަކްޝްމީ ވަނީ އޭނާގެ މައިންބަފައިންގެ ނުގަބޫލުގައި މި މަހުގެ 7 ވަނަ ދުވަހު ކައިވެނި ކުރަން ނިންމައި، ކައިވެނީގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައެވެ.

ކައިވެނީގެ ކަމެއްގައި ދަނަލަކްޝްމީ ބޭރުގައި އުޅެނިކޮށް އޭނާގެ ބައްޕަ އާއި ބޭބެ ވަނީ މަގުމަތިން ދިމާކޮށް ދަނަލަކްޝްމީ އާއި ޒުވާބު ކުރަން ފަށާފައެވެ. މި ޒުވާބު ހޫނުވެގެން ގޮސް އެ ދެމީހުން ވެގެން ވަނީ ދަނޑުވެރިކަމަށް ބޭނުން ކުރާ ވަޅި އަކުން ދަނަލަކްޝްމީގެ އަތުގެ ހަތަރު އިނގިލި ބުރިކޮށްލާފައެވެ.

އިއްޔެ ހިނގި މި ހާދިސާގައި ދަނަލަކްޝްމީ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އެ ގައުމުގެ ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!