Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ޝަރުޢީ ދާއިރާ

ގަލޮޅު ދަނޑުގައި ހުރި އެފްއޭއެމް އޮފީސް ރެއިޑުކޮށްފި

ގަލޮޅު ދަނޑުގައި ހުރި އެފްއޭއެމް އޮފީސް ރެއިޑުކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްގެ މައްޗަށް ކުރާ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތުހުމަތުގެ ތަހުގީގަށް ގަލޮޅު ދަނޑުގައި ހުންނަ އެ އެސޯސިއޭޝަންގެ އޮފީސް ރެއިޑުކޮށްފި އެވެ.

ދިވެހި ފުލުހުން އެ އޮފީހަށް ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ އޮފީހުގައި އެފްއޭއެމްގެ އިދާރީ އަދި ޓެކްނިކަލް ބައެއް މަސައްކަތްތައް ވެސް ކުރިއަށް ގެންދެ އެވެ.

އެފްއޭއެމްގެ ވެރިންނަށް ކުރެވޭ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި، ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އަންގަވައިގެން ފެށި ތަހުގީގުގައި މިދިޔަ އޮކްޓޯބަރު މަހު ފުލުހުން ވަނީ މާފަންނު ސްޓޭޑިއަމް ކައިރީގައި ހުންނަ އެފްއޭއެމްގެ މައި އޮފީސް ވެސް ރެއިޑްކޮށްފަ އެވެ.

Advertisement
Ooredoo — Square (box)

ގޮލޮޅު ދަނޑުގައި ހުންނަ އެފްއޭއެމްގެ އޮފީސް ވެސް ފުލުހުން ރެއިޑް ކުރީ، ފައިސާގެ މުއާމާލާތް ކުރުމުގައި އެ އެސޯސިއޭޝަނުން ބޭނުން ކުރާ ބައެއް ލިޔެކިޔުންތަކާއި ޑިޖިޓަލް މައުލޫމާތުތައް އެއްކުރުމަށް ކަމަށް މައުލޫމާތު ލިބެ އެވެ.

ޕީޖީ ޝަމީމް މީގެ ކުރިން ވިދާޅުވީ އެފްއޭއެމްގެ ހިޔާނާތުގައި ޕްރައިމް ސަސްޕެކްޓަކީ ބައްސާމް ކަމަށެވެެ. އެހެންނަމަވެސް ކޯޓުން ވަކި ހުކުމެއް އިއްވުމުގެ ކުރިން ބައްސާމަކީ ކުށްވެރިއެއް ކަމުގައި ދޭހަވާގޮތަށް ސިފަ ނުކުރުމަށް މިދިޔަ ހަފުތާގައި ކޯޓުން އަމުރެއް ނެރުނެވެ.

ބައްސާމުގެ އަމިއްލަ އެކައުންޓަށް 10،000 ޑޮލަރު ޖަމާކޮށް އަމިއްލަ ކަންކަމަށް ބޭނުންކުރި މައްސަލައިގައި އޭނާގެ މައްޗަށް ވަނީ މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ އުފުލައިފަ އެވެ. މިމައްސަލައިގެ ޝަރީއަތްތައް މިހާރު ކުރިއަށް ދާއިރު ޝަރީއަތް ނިމެންދެން ބައްސާމުގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް