ކުޅިވަރު

މިއީ 39 އަހަރު ތެރޭ އާސެނަލް އިން އެންމެ ދަށްކޮށް ފަށައިގަތް ސީޒަން

އައިކާ ޔުނާން ، ދެން އޮންލައިން

2020-2021 ސީޒަނަކީ ފާއިތުވެދިޔަ 39 އަހަރު ތެރޭގައިވެސް އާސެނަލްގެ އިން އެންމެ ދަށްކޮށް ފަށައިގަތް ސީޒަން ކަމުގައި ވެއްޖެއެވެ.

Ads by MWSC

ރޭ ނޯތް ލަންޑަން ޑާބީގައި ޓޮޓެންހަމްއާ ދެކޮޅަށް އާސެނަލް ބައްދަލު ކުރި މެޗުން 2-0ގެ ނަތީޖާ އަކުން ބަލިވެ، ތާވަލުގެ 15 ވަނަ މަގާމަށް ވެއްޓިފައިވާއިރު، މިއީ އެ ކްލަބުގެ 134 އަހަރުގެ ދިގު ތާރީހުގައިވެސް އެންމެ ދަށްކޮށް ފަށައިގަތް އެއް ސީޒަނަށް ވަނީ ވެގެން ގޮސްފައެެވެ.

ރޭގެ މެޗުން ބަލިވުމާއެކު އާސެނަލްގެ ކޯޗު މައިކަލް އާޓެޓާއަށް ޕްރެޝަރު ބޮޑުވެ، ބައެއް ސަޕޯޓަރުން ދަނީ އޭނާ މަގާމުން ދުރު ކުރުމަށް ގޮވާލަމުންނެވެ. 20 ޓީމު ވާދަ ކުރާ ލީގުގެ ތާވަލުގެ 15 ވަނައިގައި އާސެނަލް އޮތް ލީގު ނިމޭއިރު އެންމެ ފުލުގައި  އޮންނަ 3 ޓީމު ރެލިގޭޓުވެގެން ދާނެއެވެ. އެހެންކަމުން  އާސެނަލްގެ ކުޅުން ރަނގަޅު ނުކޮށްފިނަމަ ޓީމު ރެލިގޭޓު ވުމުގެ ބިރު ވެސް އެބައޮތެވެ. އެ ޓީމު އެންމެ ފަހުން ރެލިގޭޓު ވެފައި ވަނީ މީގެ  101 އަހަރު ކުރިން 1919ގައިކަން ފާހަގަކޮށްލެވެއެވެ.

ރޭގެ މެޗުގައި އާސެނަލް ރަނގަޅަށް ކުޅުނު ނަމަވެސް ގޯލެއް ޖެހުމަށް ވަނީ ނުކުޅެދިފައެވެ. ޓޮޓެންހަމްގެ ކޯޗު ހޯޒޭ މޮރީނިއޯ ވެސް ވަނީ އެކަން ފާހަގަކޮށް، ހޯދުނީ އުނދަގޫ މޮޅެއް ކަމަށް ބުނެ އާސެނަލްގެ ކޯޗު މައިކަލް އާޓެޓާއަށް ތައުރީފް ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!