ޔުވެންޓަސްއާ ދެކޮޅަށް ބާސާ ކުޅޭ މެޗުގައި ޑެމްބެލޭ ނުފެނިދާނެ

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މި މަހުގެ 9ވަނަ ދުވަހު ޔުވެންޓަަސްއާ ދެކޮޅަށް ބާސާ ކުޅޭ މެޗުގައި ފްރާންސަށް ނިސްބަތްވާ އެ ކްލަބުގެ ފޯވާޑު އޮއުސްމާން ޑެމްބެލޭއަށް ކުޅެވޭނެކަމާ މެދު ސުވާލު އުފެދިއްޖެއެވެ.
ޑެމްބެލޭއަށް އެ މެޗުގައި ކުޅެވޭނެކަމާ މެދު ސުވާލު އުފެދިފައި ވަނީ ލަލީގާގައި އެ ޓީމު އެންމެ ފަހުން ކާޑިޒް އާއި ބައްދަލުކޮށް 2-1 ގެ ނަތީޖާ އަކުން ބަލިވި މެޗުގެ ތެެރެއިންނެވެ.
އެ މެޗުގެ ދެވަނަ ހާފުގެ ތެރެއިން ކުޅެން އަރައި ޑެމްބެލޭ ވަނީ މެޗު ނިމެންދެން ކުޅެފައެވެ. ނަމަވެސް، ބާސާ އިން މިހާރު ހާމަ ކޮށްފައިވާ ގޮތުގައި އެ މެޗުގެ ތެރެއިން ޑެމްބެލޭގެ ހެމްސްޓްރިންގްއަށް ވަނީ އަނިޔާވެފައެވެ. އެހެންކަމުން، 9 ވަނަ ދުވަހު ޔުވެންޓަސްއާ ދެކޮޅަށް ބައްދަލު ކުރާ މެޗުން އޭނާ ފެނުމަކީ ނާދިރު ކަމެއް ކަމަށް ފުޓްބޯޅަ މާހިރުން ވަނީ ބުނެފައެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީގައި އޮތް ބާސާ ވަނީ މިހައި ތަނަށް ކުޅުނު 5 މެޗު ވެސް ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގައެވެ. ނަމަވެސް ލަލީގާ ގައި އެ ކްލަބު އޮތީ ކުޅުނު 10 މެޗުން 14 ޕޮއިންޓާއި އެކު ތާވަލުގެ 9 ވަނަ މަގާމުގައެވެ. ލަލީގާގައި ބާސާ އަށް އަދި އެންމެ އެދެވޭ ކުޅުމެއް މި ސީޒަނުގައި ވަނީ ނުދެއްކިފައެވެ.