އެތެރޭގެ އުދުހުންތަކުގައި މި މަހު 31 ގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބަލައިގަންނާނެ

އެތެރޭގެ އުދުހުންތަކުގައި މި މަހު 31ގެ ނިޔަލަށް ދަތުރުވެރިންގެ މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބަލައިގަންނަމުންދާނެ ކަމަށް އޭވިއޭޝަން ސެކިރިޓީ ބުނެފިއެވެ.
އޭވިއޭޝަން ސެކިރިޓީ އިން މިހެން ބުނެފައި ވަނީ ހޯމަ ދުވަހު ކުރި ޓްވީޓެއްގައެވެ. ކޮވިޑް-19 ބަލިމަޑުކަމާއެކު އޮންލައިންކޮށް (ވެބްސައިޓް މެދުވެރިކޮށް) ކާޑު ހެއްދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެ ޓްވީޓްގައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުން މިދާ ދުވަސްވަރުގައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގެ ގައިޑްލައިންތަކުގައި ވާގޮތަށް އެއަރޕޯޓްގެ ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން މުއްދަތު ހަމަވެފައިވާ ދިވެހިންގެ އައިޑީކާޑުތައް ވެރިފިކޭޝަންގެ ގޮތުގައި މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބަލައިގަންނާނެ ކަމަށެވެ.
މި އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް މި މުއްދަތު އިތުރުކޮށްފައި ވަނީ ކޮވިޑް-19 ބަލިމަޑުކަން ކޮންޓްރޯލް ނުވާތީއެވެ. އެންމެ ފުރަތަމަ މިގޮތަށް އަމަލު ކުރަމުގެ މުއްދަތެއްގެ ގޮތުގައި ކަނޑައެޅީ ޖޫން މަހުގެ ނިޔަލަށެވެ. އޭގެ ފަހުން ޖުލައި މަހުގެ ނިޔަލަށް މުއްދަތު ހަމަ ވެފައިވާ އައިޑީ ކާޑު ބަލައިގަތުމަށް ވަނީ ހުޅުވާލާފައެވެ.
އެހެންނަމަވެސް ބަލި ކޮންޓްރޯލް ނުވުމާ ގުޅިގެން އޭގެ ފަހުން އޮގަސްޓު މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައި ވެއެވެ.