ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 3 މީހަކު ފިހިއްޖެ
ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 3 މީހަކު ފިހިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މ. އަތޮޅު ކޮޅުފުށީ ބޭރުގައި މަސްްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި ޕެޓްރޯލް ހަމެއްގައި އަލިފާން ރޯވެ މީހަކު ޒަހަމްވެފައިވާ ކަމަށާއި އެ މީހާ މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރާ ކަމަށެވެ.
މ. ކޮޅުފުށީގެ 26 މޭލު ބޭރުގައި އޮތް "ވިލާ ވާލި-13" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ޕެޓްރޯލް ހަމެއްގައި ރޯވެ މީހަކު ޒަހަމްވިކަމުގެ ރިޕޯޓު ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ހާއިރު ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ދޯނީގައި އެވަގުތު ތިބި ފަޅުވެރިން އަލިފާން ނިއްވާފައިވާއިރު، އިތުރު 2 މީހުން ޒަހަމްވި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
Ads by Allied Insurance