ކުޅިވަރު

ފުރަތަމަ ޑިވިޝަނުގައި ސަސްގެ ފުރަތަމަ މެޗު: ތާރީހީ މޮޅެއް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފުރަތަމަ ޑިވިޝަނަށް އަލަށް ކޮލިފައިވި ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް) އިން އެޓީމުން ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުގައި އީގަލްސް ބަލިކޮށް ތާރީޚީ މޮޅެއް ހޯދައިފިއެވެ.

Ads by Sosun Fihaara

މިއީ ސަސްއިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު އެންމެ ފުރަތަމަ މެޗަށްވާއިރު، މި މޮޅު ވެގެންދާނީ އެކުލަބުގެ ތާރީހުގައި ރަން އަކުރުން ފަވާލެވޭނެ މޮޅަކަށެވެ. އީގަލްސް ފަދަ ވަރުގަދަ ޓީމަކާ ވާދަކޮށް ލީގުގެ ފުރަތަމަ މެޗު ކާމިޔާބު ކުރެވުމަކީ ސަސް އަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިރޭގެ މެޗުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސް ވެގެން ދިޔައެވެ. އެހެން ނަމަވެސް މެޗު ނިމިގެން ދިޔައީ މެޗުގެ ކުރީކޮޅު ސަސްގެ ބިދޭސީ ފޯވާޑް ވިކްޓާ ރޮޑްރިގޭޒްގެ ކާމިޔާބު ކޮށްދިން ހަމައެކަނި ލަނޑާއެކު 1-0ގެ ނަތީޖާ އަކުން ސަސް މޮޅުވެގެންނެވެ.

މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލަކީ ސަސްގެ ކުޅުންތެރިއަކު މެދު ރޮނގާ ހަމައިން ނަގައިދިން ދިގު ހުރަހަކުން އެ ޓީމުގެ ބިދޭސީ ފޯވާޑް ބޮލުން ކާމިޔާބު ކުރި ގޯލެކެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އީގަލްސްގެ ހުސައިން ޝިފާއު ޔޫސުފް އަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!