ޚަބަރު

އިންޑޮނޭޝިއާއިން ވެކްސިން ދިނުމުގައި އިސްކަން ދޭނީ ޒުވާނުންނަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 ގެ ވެކްސިން ދިނުމުގައި އިންޑޮނޭޝިއާއިން ޒުވާނުންނަށް އިސްކަންދޭން ނިންމައިފިއެވެ.

Ads by MWSC

އިންޑޮނޭޝިއާއަކީ ސައުތު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ވެކްސިން ލިބޭނެ ކަމަށް ލަފާކުރެވޭ ގައުމެވެ. އެހެން ޤައުމު ތަކުގައި ވެކްސިން ދިނުމުގައި އިސްކަންދެނީ ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މީހުންނާއި، އުމުރުން ދުވަސް ވީ މީހުންގެ އިތުރުން ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށެވެ.އެހެން ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކާއި ހިލާފަށް އިންޑޮނޭޝިއާއިން ވެކްސިން ދިނުމުގައި އިސްކަން ދޭނީ އުމުރުން 18 އަހަރާއި 59 އަހަރާ ދެމެދު މީހުންނަށެވެ. އިންޑޮނޭޝިއާ ސަރުކާރުގެ އަމާޒަކީ 246 މިލިއަން ޑޯޒް ވެކްސިން އެގައުމަށް ހޯދުމެވެ.

އިންޑޮނޭޝިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދަށް ބަލާއިރު މިހާތަނަށް 623 ހާހަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު މަރުވި މީހުންގެ އަދަދު 18000 އަށް އަރާފައި ވެއެވެ.

އިންޑޮނޭޝިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެގައުމުން ވެކްސިން ދިނުމުގައި އިސްކަން ދޭނީ އުމުރުން 18 އަހަރާއި 59 އަހަރާ ދެމެދު މީހުންގެ ތެރެއިން ފްރޮންޓް ލައިން މަސައްކަތްތެރިންނާއި، ހެލްތު ވޯކަރުން އަދި ސަލާމަތީ ބާރުތަކުގެ މަސައްކަތްތެރީންނަށެވެ.

އެގައުމުން ވަނީ 155.5 މިލިއަން ޑޯޒް ވެކްސިން ސިނޮވެކް އިން ގަތުމަށް ނިންމާފައެވެ. އަދި 116 މިލިއަން ޑޯޒްގެ ވެކްސިން ފައިޒާ އަދި ކޮވެކްސް ފެސިލިޓީއިން ލިބޭނެ ކަމަށް އެގައުމުން ލަފާކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!