ޚަބަރު

ކަރަންޓީންވުމުގައި މާލެއާއި އަތޮޅުތެރެ ތަފާތުކުރަނީ ރަށްތަކަށް ބަލިދިޔުމުން ރައްކާތެރިކުރަން: ޑރ. ނަޒްލާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އެކުލަވާލައިފައިވާ އުސޫލުގައި މާލެއާ އަތޮޅުތެރެއާ ތަފާތުކުރަނީ އަތޮޅުތެރޭ ރައްތަކަށް ބަލިދިއުމުން ރައްކާތެރި ކުރުމަށްކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑރ. ނަޒްލާ މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ. ނަޒްލާ ވިދާޅުވީ މާލެ ސިޓީ އަދި އަތޮޅުތެރެއާ ބޮޑު ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ބުނެ ގިނަ ބަޔަކު ސުވާލުކުރަމުންދާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ފުރަބަންދު ކަރަންޓީނަށް ރަށްރަށަށް ދިއުމުގައި ވެސް މާލެއިން އެރަށްރަށަށް ދާމީހުން ކަރަންޓީންވުމުގައި ވެސް މީގެކުރިން އަމަލުކޮށްފައިވާ އުސޫލުތައް ވެސް ހުރީ ރަށްރަށް ވީހާވެސް ބޮޑަކަށް ރައްކާތެރިކުރުމުގެ ނިޔަތުގައި ކަމަށެވެ.

" މާލޭގައި ކޮމިއުނިޓީ ސުޕްރެޑް މިހާރުވެސް އެބައޮތް. އަތޮޅުތެރެއާ ބަލާފައި ހާއްސަކޮށް ބަލި އެއްގޮތަކަށް ވެސް ނެތް ޓޫރިޒަމްގެ ވެސް އެއްވެސްކަމެއް ނެއް ރަށްރަށާ ބަލާފާ މާލެ އަދިވެސް ރިސްކް ބޮޑުވާނެ. މާލޭގައި ކޮމިއުނިޓީ ސުޕްރެޑް ފެށުނީންސުރެ ވެސް އެންމެ މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ބަލާފައި މިއޮތީ ރަށްރަށަށް ބަލި ދިއުން ރައްކާތެރިކުރުން" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އަދި ބައެއް ރަށްތަކަކީ ފަތުރުވެރިކަމުގެ ވިޔަފާރި އެއްވެސް ވަރަކަށް ނުކުރާ ރަށްތައްކަން ފާހަގަކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށް ބަލިން ސަލާމަތް ކުރުމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

  1. އަޖައިބް

    ދެން ޙާއްޞަ ހުއްދައިގެ ދާށުން ސަރުކާރު މުއައްޒަފުން އަތޮޅު ތަކަށް ގޮސް ކަރަންޓީނު ނުޖެހެނީ އެއީ ކޮވިޑް ފްރީ ބަޔަކީތަ؟ ެއަދި ނެގެޓިވް ރިޒަލްޓެއްވެސް ބޭނުންވޭ.

    • ހުސެން

      ވަރަށް ރަނގަޅު ޕޮއިންޓެއް

  2. ީެމަރީ

    އަހުން ބުނަން އޮތް އެތި ބޮޑު

  3. ޕިސް ޕިސް

    ތީ ވަރަށް ބޮޑު ޖޯކެއް ދެން……..

  4. ޢަބޫ

    އެޗު ޕީ އޭ ޔަކީ ސަދޫމުގެ ހުކުމް ތަށް ފަދަ ، އުސޫލު ތަކެއް ގެންގުޅޭބަޔެއް….