ހީނާ ރައީސް ނަޝީދަށް: މިހާރު ޖޭއެސްސީން ހުކުމް "ކައްކާފައި" ކޯޓުތަކަށް ފޮނުވަނީ "ސާވް" ކުރަން
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ހުކުމް "ކައްކާފައި" ކޯޓުތަކަށް ފޮނުވަނީ "ސާވް" ކުރަން ކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ތަރުޖަމާނު ހީނާ ވަލީދު ފާޑު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވެފައިވަނީ މިހާރު ފަނޑިޔާރުންނަށް ޙުކުމް "ނުވިއްކޭނެ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވުމުންނެވެ.
ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވާ ހީނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިހާރު ޖޭއެސްސީ ތެރެއިން ހުކުމް "ކައްކާފައި" ކޯޓުތަކަށް ފޮނުވަނީ "ސާވް" ކުރަން ކަމަށެވެވެ.
"އެޔަށް ކިޔަނީ ޖުޑީޝަރީ މިނިވަންވުން! ޖޭއެސްސީ ގެ ކޮމްޕޮސިޝަން ބަދަލު ކުރަން އެވަރަށް އަަޑު އުފުލި މީހުންނަށް 'އެގޮތް' މާ ކަމުގޮސްފި" ހީނާ ވިދާޅުވެފައިވެއެވެ.
އެމްޑީޕީ ގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެޕާޓީގެ އެޖެންޑާާ-19 ގައިވާ އިންސާފުގެ ވައުދު ފުއްދުމުގެ ގޮތުން ގިނަ ކަންކަން ކުރެވިފައިވާ ކަމަށާއި އެގޮތުން ސުޕްރީމް ކޯޓް އެއްކޮށް ބަދަލުކޮށް، އެ ކޯޓަކީ ދެފުށް ފެންނަ ގޮތަށް ޝަރީއަތް ހިންގާ ތަނަކަށް ހެދިފައިވާ ކަމަށެވެ.
ތިމާމެން ބޭނުންވާ ހުކުންނެރެވޭނެ ކޯތުތަކެއް ހެދުނީމަ ދެފުއްފެންނަ ކަމަށް ވަނީނަމަ ކީއްކުރާ ކޯޓެއް އެމްޑީޕީ އަކީ ހުރިހައި ކޯޓަކަށް ހެދީމަ ދައުލަތައް ވަރަށް ހަރަދު ކުޑަވާނެ މިކަން ރައީސްމެނަށް އަންގާ މިކަން ކުރުމަށް ދަންނަވަން!
ސަތޭކައިގެ ވާހަކައެއް ހީނާ އެބުނީ. ޗީފް އޮފް ސްޓާފް ރަހަބަލާފަ ލޮނު ހެޔޮވަރުކޮށް ހަދާފަ ފޮނުވަނީ. ކޮބާ ލަދު. މިބުނީ ލަދު. ލަދު ކޮބާހޭ