ޚަބަރު

ލުއިތަކާއެކު ކޭސްތައް އިތުރުވާތަނެއް ނުފެނޭ: ޑރ. ނަޒްލާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ލުއިތަކާ އެއްކޮށް ވެސް ކޭސްތައް އިތުރުވާތަން ނުފެންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެޗްއީއޯސީން ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ އެޅިފައިވާ ގިނަ ފިޔަވަޅުތަކުން މިހާރު ގިނަ ލުއިތަކެއް ދެވިފައިވާ ކަމަށާއި އެހެން ނަމަވެސް ފަރުވާ ކުޑަ ކޮށްލައިގެން ނުވާނެ ކަމަށާއި ދެވެމުންދާ ލުއިތަކާއެކު އަދިވެސް ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޮޑު ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް 3000 އަށްވުރެ ގިނަ ސާމްޕަލް ނަގާއިރު ވެސް ކޮވިޑްގެ އިތުރު ކޭސްތައް ނުފެންނަ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މިހާތަނަށް މިދުވަސްކޮޅު ލުއި ތަކާ އެއްކޮށް ވެސް އިރާދަކުރެއްވިއްޔާ ވަރަށް ބޮޑަށް ކޭސްތައް އިތުރުވާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ޓެސްޓްކުރެވޭ ސާމްޕަލްގެ ތެރެއިން ފައްސިވާ މިންވަރު ވެސް އަދި ފްލޫ ކްލިނިކް ތަކުން ފައްސިވާ މިންވަރު ވެސް ދަށް މިނެއްގައި ހިފެހެއްޓިފައި މިވަނީ މިގޮތަށް ހިފެހެއްޓިފަ މިވަނީ މިހާރު ހުރި ފިޔަވަޅުތައް ރަނގަޅަށް ތަންފީޒް ކުރެވޭތީ ނޫނީ އަދި ފިޔަވަޅުތަކަށް ހުރިހާ ބޭފުޅުން ވެސް އަމަލު ކުރައްވަމުން ނޫނީ ގިނަ ބޭފުޅުން އަމަލު ކުރައްވަމުން ގެންދަވާތީވެ" ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!