ޚަބަރު

އިދިކޮޅު ޖަލްސާއަށް ހުރިހާ ފިކުރެއްގެ މީހުންނަށް ދައުވަތު އަރުވަން: ގައްސާން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މާދަމާ ރޭ އޮންނަ އިދިކޮޅުގެ "ވިސްނާ" ޖަލްސާއަށް ހުރިހާ ފިކުރެއްގެ މީހުންނަށް ، ރައްޔިތުން މަޖިލީހުގެ ކޮޅުމަޑުލު ގުރައިދޫ ދާއިރާ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ގައްސާން މައުމޫނު ދައުވަތު ދެއްްވައިފިއެވެ.

Ads by Hajj Corporation

ގައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމުގެ މިސްރާބު ހުރީ ރައްޔިތުން އެދޭ ގޮތަކަށް ނޫން ކަމަށެވެ. އަދި މުސްތަގުބަލު އުޖާލާ ކުރެވޭނީ اللهގެ ވާގިފުޅަށް އެދިތިބެ ގައުމަށް ވަފާތެރި ވެގެން ކަމަށް ވެސް ގައްސާން ވިދާޅުވެފައި ވެއެވެ.

އެހެންކަމުން މާދަމާ ރޭ އޮންނަ އިދިކޮޅުގެ ޖަލްސާއަށް ހުރިހާ ޕާޓީއެއްގެ، ހުރިހާ ފިކުރެއްގެ ދިވެހި ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވާ ކަމުގައި ގައްސާން ވިދާޅުވިއެވެ.

މާދަމާ ރޭ އޮންނަ ޖަލްސާއަކީ ކޮވިޑްގެ މުސީބާތް ފެށުނު ފަހުން އިދިކޮޅުން ބާއްވާ ފުރަތަމަ ބޮޑު ޖަލްސާއެވެ. އެންމެ ފަހުން އިދިކޮޅުން އެފަދަ ޖަލްސާއެއް ބާއްވާފައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބަށް އިދިކޮޅުން ކެމްޕޭން އިފްތިތާޙް ކުރުމަށް ބޭއްވި "މީ މަގޭ ރާއްޖެ" ޖަލްސާއެވެ. އެ ޖަލްސާއަށް ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ހާޟިރުވިކަން ފާހަގަ ކޮށްލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!