ޚަބަރު

އިސްލާމްދީނަށް ފުރައްސާރަ ކުރަން އެމްޑީއެންއިން ކުރާ މަސައްކަތްތަކެއް އުފާ ހާމަ ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާތް ވެގެންވާ އިސްލާމްދީނަށާއި ރަސޫލާ (ޞޢޥ) އަށް ފުރައްސާރަކޮށް ލާދީނީ ރިޕޯޓެއް ނެރުނު މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން އަދިވެސް އިސްލާމްދީނަށާއި ނަބިއްޔާ (ޞޢޥ) އަށް ފުރައްސާރަ ކުރުމަށް މީހުން ލައްވާ ކުރުވަން މަސައްކަތް ކުރާ ކަންތައްތަކުގެ ބައެއް މައުލޫމާތު އިސްލާމްދީން ގަބޫލު ނުކުރާ ކަމަށް އިއުލާން ކޮށްފައިވާ އުފާ މުހުތާރު ފަހުމީ ހާމަކޮށްފިއެވެ.

Ads by Sosun Fihaara

އެގޮތުން އުފާ އިއްޔެ އޭނާގެ ފޭސްބުކް ގައި އާއްމުކުރި ވީޑިއޯ އެއްގައި ބުނެފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭނާ އާއި ގުޅޭ ރިޕޯޓެއް އެންމެ ފުރަތަމަ އޮންލައިން ނޫން "ވަގުތު" އިން ލިޔުނު ކަމަށާއި އެކަމާއި ގުޅޭގޮތުން އުފާ އަށް "ހިމާޔަތް" ދޭނެ ކަމަށް ބުނެ އެއަހަރުގެ އޯގަސްޓު މަހު އެމްޑީއެން އިން އުފާއާ ވާހަކަ ދެއްކި ކަމަށެވެ. އެގޮތުން އޭނާއަށް ރައްކާތެރިކަން ދިނުމަށް ބޮޑީގާޑުން ހަމަޖައްސާނެ ކަމަށް ބުނި ކަމަށް ވެސް އުފާ ބުނެފައިވެއެވެ.

ނަމަވެސް އުފާގެ މައްސަލަ އެމްޑީއެން އިން ފަހުން ފުލުހުންނަށް ހުށަހެޅި ކަމަށް އޭނަ އެވީޑީއޯ ގައި ބުނެފައިވެއެވެ. އޭނާ ތުހުމަތު ކުރާ ގޮތުގައި އެމްޑީއެން އިން އެމައްސަލަ ފުލުހުންނަށް ހުށަހެޅީ "އެމީހުން ބުނި ގޮތަށް" އުފާ ކަންތައް ނުކުރުމުންނެވެ.

އުފާ ބުނީ އެމްޑީއެން އިން ބޭނުން ވަނީ އިސްލާމްދީނަށާއި ރަސޫލާ (ޞޢޥ) އަށް "ޖޯކު ޖަހާފަ" ވީޑިއޯ ހަދައިދޭށެވެ. އަދި އެފަދައިން ކަންތައް ނުކުރާ މީހުންގެ މައްސަލަ އެމީހުން ފުލުހަށް ޖައްސާ ކަމަށް ވެސް އުފާ ބުންޏެވެ.

"ޝަހިންދާ އެއް ނޫން އެމްޑީއެން ގެ ބޮޑު މީހަކީ. އެތަނުގެ އެންމެ އިސްމީހަކީ އަންނި (ކުރީގެ ރައީސް މުޙައްމަދު ނަޝީދު) އާއި ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދާއި އެމީހުން ގެންގުޅޭ ބައެއް މީހުން" ރައީސް ނަޝީދާއި ސީޕީ ހަމީދަށް ތުހުމަތު ކުރަމުން އުފާ ބުނެފައި ވެއެވެ.

މީގެއިތުރުން އުފާ ބުނެފައި ވަނީ އޮކްޓޯބަރ މަހު ފުލުހުން އުފާގެ ގެއަށްވަދެ ފޯނާއި ލެޕޮޓޮޕާއި ގެންދިއުމުން އޭނާ ތައިލެންޑަށް ގެންގޮސްދިނީ ވެސް އެމްޑީއެން އިން ކަމަށެވެ. އޭނާ ބުނި ގޮތުގައި ތައިލެންޑަށް ގެންގޮސް އެގައުމުގައި ހުންނަ އެމްޑީއެންގެ އޮފީހެއްގައި އޭނާ ބެހެއްޓިއެވެ. އެތަނުގައި ލިޔެކިޔުންތައް ބަލާ މީހުން ތިބޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

އުފާ ބުނީ އިސްލާމްދީނާއި ޚިލާފު އެތައް އެއްޗެއް އެމްޑީއެން ގައި ހުންނަ ކަމަށާއި ނަމަވެސް އެމީހުންގެ އަތުން އޭގެ އެއްވެސް ލިޔެކިޔުމެއް އުފާ އަތުނުލާ ކަމަށެވެ.

މިވާހަކަތައް މިހާރު ހާމަކުރާ ސަބަބެއް އުފާ ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް އޮކްޓޯބަރ މަހު ސީރިއަސް ތުހުމަތުތަކެއްކޮށް އުފާ ފުލުހަށް ހާޒިރު ކުރި ނަމަވެސް އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެފައި ނުވާތީ، އޭނާ ވަނީ ރާއްޖެ ދޫކޮށް ގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަދިވެސް އޭނާ ހުރީ ރާއްޖެއަކު ނޫނެވެ.

Ads by HDC
  1. މީނަމިވަކި ކާކުތަ؟

  2. ހައްލޭ

    އުފާ ބުނީ އެމްޑީއެންގެ އަތުގައި އިސްލާމްދީނާއި ޚިލާފ އެތައް އެއްޗެއް ހުންނަކަށާ( ފުލުހުން) އެމީހުންގެއަތުން އެއްވެސްއެއްޗެއް އަތުނުލާކަމަށް

  3. ނޮޓްއަޕޮލިޓިކަލްޕުރޮޕް

    މި މަންޖެ މި ހެދީ ހެޔޮކޮށް ބަޔަކު އިބޫ އަށް ސިޔާސީ ޕުރެޝަރު ކުރަން ގެންގުޅޭ ކުޅޭއެއްޗަކައްވެ އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެޔަށް ވައްޓާނުލާން އެގުންކަން ރަނގަޅު.