ދުނިޔެ

ބަރަހަނާ މަންޒަރުތައް ބަލަން މައިންބަފައިން ހުރަސް އެޅުމުން ދިޔައީ ކޯޓަށް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެމެރިކާގެ ވާކިންގް ނަމަކަށް ކިޔާ ފިރިހެނަކު ބަރަހަނާ މަންޒަރުތައް ބެލުމަށް އޭނާގެ މައިންބަފައިން ހުރަސް އެޅުމުން އެކަމާ ގުޅިގެން މައިންބަފައިންގެ މައްްޗަށް ކޯޓުގައި ދައުވާ އުފުލައިފިއެވެ.

Ads by WAMCO

"ޔޫއެސް ނިއުސް" ގައި ބުނެފައިވާ ގޮތުން، މި މައްސަަލަ ނިމިފައި ވަނީ މައްސަލަ ޖެއްސި ފިރިހެން މީހާއާ އެއްކޮޅަށެވެ. އެގޮތުން މި މައްސަލަ ބެއްލެވި   ފަނޑިޔާރު ، މައްސަލަ ނިންމަމުން ބުނީ އޭނާގެ މައިންބަފައިންނަށް އޭނާ ގެންްގުޅޭ އެއްޗެހިތައް އުކާލުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.

އަނބިމީހާ ވަރިކޮށް މައިންބަފައިންގެ ގާތުގައި ވާކިންގް އުޅޭތާ 10 މަސް ވެއްޖެއެވެ. މިހާރު އޭނާ ދިރިއުޅެމުން ދަނީ އިންޑިއާނާގެ ސިޓީއެއް ކަމަށްވާ މަންސީގައެވެ. އޭނާ އިންޑިއަނާގެ މަންސީއަށް ބަދަލުވެފައި ވަނީ މިމައްސަލަ އޭނާގެ ކޮޅަށް ނިމުމަށް ފަހުގައި ކަމަށް ވެސް އެ ޚަބަރުގައި ވެއެވެ.

ވާކިން ބުނެފައިވާ ގޮތުގައި އޭނާ އެއްކޮށްފައި ހުރި ބަރަހަނާ ވީޑިއޯ ތަކާއި މެގަޒިންގެ ތެރެއިން 29،000 ޔޫއެސް ޑޮލަރުގެ އަގު ހުރި އެއްޗެހި ގެއްލިފައިވާ ކަމަށެވެ. ދައުވާގެ އަޑު އެހުމުގައި، ފަނޑިޔާރު ބުނެފައި ވަނީ، އެ ގެއްލުވާލެވުނު ތަކެއްޗަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ވާކިންގް ގެ ތަކެތި ކަމަށާއި، އެކަމާ އޭނަގެ މައިންބަފައިން އެއްބަސް ވެފައިވާ ކަމަށް ވެސް ފަނޑިޔާރު ވަނީ ހާމަކޮށްފައެވެ.

ވާކިންގެ މައިންބަފައިން ބުނެފައިވާ ގޮތުގައި އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ވެރިފަރާތުގެ ހައިސިއްޔަތުން އޭނާ ގެންގުޅެމުން ދިޔަ ތަކެތި ގެއްލުވާލުމުގެ ހައްގު އޭނަގެ މައިންބަފައިންނަށް ލިބިގެން ވާ ކަމަށެވެެ. އެހެން ނަމަވެސް ފަނޑިޔާރު ވަނީ މިކަމާ ދެބަސްވެ އެއްވެސް ޤާނޫނެއްގައި އެފަދަ ގޮތަކަށް ބުނެފައި ނޯންނާނެ ކަމަށް ބުނެފައެވެ. އަދި ދެފަރާތަށް ވެސް ގެއްލުންވި ތަކެތީގެ އަގު އެނގޭ ފަދަ ލިޔެކިޔުމެއް ތައްޔާރުކޮށްގެން ކޯޓަށް ހުށައެޅުމުގެ ފުރުސަތު ވެސް ފަނޑިޔާރު ވަނީ ދީފައެވެ.

މިހާރު މި މައްސަލަ ވާކިންގް އާ އެއްކޮޅަށް ނިމިފައިވާއިރު، މިކަމުގައި އެއްވެސް ހެކިވެރިއެއްގެ ހެކި ނެގުމެއް ބާއްވަން ބޭނުން ނުވާ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!