ސީރިއާގެ ރެފިއުޖީ ކޭމްޕުތަކެއްގައި ހުޅުޖަހައިފި
![](https://dhen.mv/wp-content/uploads/2020/12/8C5EDE92-8EB1-47FC-8D67-B729F13A5AAC-750x548.jpeg)
ލުބުނާނުގައި ހުންނަ ސީރިއާގެ ރެފިއުޖީ ކޭމްޕްތަކެއްގައި ހުޅު ޖަހައިފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މިކަން ހިނގާފައި ވަނީ ސީރިއާގެ މަސައްކަތްތެރިންތަކަކާ ލުބުނާނުގެ އާއިލާއަކާ ދެމެދު ހިނގި ދެބަސްވުމެއްގެ ތެރޭގައެވެ. މި ހަމަނުޖެހުމުގައި 3 މީހަކަށް ވަނީ އަނިޔާ ވެފައެވެ.
ހޮނިހިރު ދުވަހުގެ ރޭ ދިން މި ހަމަލާގައި ލުބުނާނުގެ ޓްރިޕޮލީގައި ދިރިއުޅެމުންދިޔަ 75 އާއިލާގެ ކޭމްޕް ވަނީ އަނދާ ހުލިވެފައެވެ.
ކޭމްޕުތަކުގައި ހުޅުޖަހާފައި ވަނީ ލުބުނާނުގެ ދެ މީހެއް ކަމަށް ވެސް ލުބުނާނުގެ އިދާރާތަކުން ބުނެއެވެ.
ސީރިއާގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ރެފިއުޖީންގެ ގޮތުގައި ލުބުނާނުގައި ދިރިއުޅެމުންނެވެ.