Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އަނެއްކާވެސް ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ސަމާލުވާން އިލްތިމާސްކޮށްފި

އަނެއްކާވެސް ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ސަމާލުވާން އިލްތިމާސްކޮށްފި

އަނެއްކާވެސް ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސްކޮށްފިި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ރާއްޖޭގެ ބައެއް އާންމުންވެސް އެކަމާ ގުޅޭ ގޮތުން ދަނީ ސުވާލުކުރަމުން ނެެވެ.

އެޗްޕީއޭއިން މިއަދު ބުނީ ފާއިތުވި ހަފްތާތަކުގައި ރާއްޖޭގައިވެސް ކޮވިޑް ފެންނަމުންދާލެއް އިތުރުވަމުންދާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ކޮވިޑްގެ އިތުރުން އިންފްލުއެންޒާ, ޑެންގީ އަދި ވައިރަލް ހުންވެސް މި ދުވަސްވަރު ފެންނަމުންދާ މިންވަރު އިތުރުކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެހެންވެ ހާލަތު ވަރަށް ގާތުން މޮނީޓާކުރަމުންދާ ކަމަށާއި އެކަމަ ގުޅޭ އަޕްޑޭޓްތައް ހާމަކުރާނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ހަމަ އެހެންމެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރި އެވެ.

ކޮވިޑްގެ ބަލި ދުނިޔޭގައި ފެތުރެން ފެށީ 2019 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އަދި 2020 ވަނަ އަހަރުގެ އޭޕްރީލްގައި އެ ބަލި ރާއްޖެއިން ވެސް ފެނޮ ލޮކްޑައުންކޮށް ކަރަންޓީނުކޮށް ފަހުން ވެކްސިންވެސް ދިނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް