Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކުއްޖެއްގެ އިނގިލި ބިންދައިލި މައްސަލާގައި ހައްޔަރުކުރި ޓީޗަރު ދޫކޮށްލައިފި

ކުއްޖެއްގެ އިނގިލި ބިންދައިލި މައްސަލާގައި ހައްޔަރުކުރި ޓީޗަރު ދޫކޮށްލައިފި

ކުއްޖެއްގެ އިނގިލި ބިންދާލައި އަނިޔާކުރި މައްސަލާގައި ތުހުމަތު ކުރެވޭ ބިދޭސީ ޓީޗަރު ފުލުހުންގެ ހައްޔަރުން ދޫކޮށްލައިފި އެވެ.

ފުލުހުން މިއަދު މެންދުރު ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ ޓީޗަރު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހަވީރު ފުލުހުން ބުނި ގޮތުގައި އޭނާގެ ބަޔާން ނެގުމަށް ފަހު ބަންދުން ދޫކޮށްލީ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތުމުންނެވެ.

Advertisement
Allied — Dhen Online (box)

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން ބިދޭސީ ޓީޗަރު ވަނީ ދަރިވަރުގެ އިނގިލި ހިފައި އަނބުރާލައި ހުޅުން ނައްޓާލައިފަ އެވެ. އެ ކުއްޖާއަށް އެ އަތޮޅު ވޭމަންޑޫ ހޮސްޕިޓަލުގައި ފަރުވާދިނެވެ.

މި މައްސަލާގައި ތުހުމަތުވާ ބިދޭސީ ޓީޗަރަކީ އިންޑިއާ ފިރިހެނެކެވެ. އޭނާ އަނިޔާކުރި ކަމަށް ބުނަނީ 11 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް