މިއީ އަބީޝޭކް ބައްޗަންއެއް ނޫން،ދެން ކާކުބާ؟

މަތީގައި އެވާ ފޮޓޯއިން ފެނިގެން އެދަނީ އަބީޝޭކް ބައްޗަން ކަމަށް ބުނެ ގިނަ ބަޔަކު ވާހަކަ ދައްކަމުން ސޯޝަލް މީޑިއާގައި ހިއްސާ ކުރި ކަމުގައި ވީނަމަވެސް މިއީ އަބީޝޭކް ބައްޗަންއެއް ނޫނެވެ.
ހޮލީވުޑުގެ މަޝްހޫރު ދުވަސްވީ ތަރިއެއް ކަމުގައިވާ އަމީތާބު ބައްޗަންގެ އަންހެން ދަރި ޝްވެތާ ބައްޗަންއެވެ. އަބީޝޭކް ބައްޗަން އާ މޫނުން ވަރަށް ވެސް އެއްގޮތެވެ. ފިލްމު އިންޑަސްޓްރީން ޝްވެތާގެ މޫނު ނުފެނުނު ކަމުގައި ވީނަމަވެސް މިއަދު ވެސް ގިނަ ބަޔަކަށް ޝްވެތާ ބައްޗަން ފާހަގަ ކުރަން އެނގެއެވެ.
ސަބަބަކީ ފިލްމީ ދާއިރާގައި ފިޔަ ޖަހަމުން އަންނަ ތަރިއެއް ކަމުގައިވާ އަބީޝޭކް ބައްޗަންގެ އެއްބަނޑު އެއްބަފާ ދައްތައަކީ ޝްވެތާ ބައްޗަންއަށް ވެފައި ބަލާ ބެލުމަށް ދެމީހުން ވެސް އެހާ ވައްތަރުވީމައެވެ. ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ޝްވެތާ ބައްޗަން އާއި އަބީޝޭކް ބައްޗަން އަކީ އެއްމާބަނޑު ދެބެއިންނެވެ.
އަބީޝޭކް ބައްޗަން އަކީ ގިނަ އަންހެން ކުދިންގެ ހިތްތަކުގައި ރަސްކަން ކުރަމުން އަންނަ މޮޅު އެކްޓަރެކެވެ. އެގޮތުން އަބީޝޭކްގެ ފާހަގަ ކޮށްލެވޭ ފިލްމެއް ކަމުގައި، ދޫމް ގިނަ ބަޔަކު ވަނީ މިހާތަނަށް ބަލައިފައެވެ. އަދި ހައުސްފުލް ފަދަ މަޖާ ފިލްމުތަކުން ވެސް އަބީޝޭކް ވަނީ ފެނިގެން ގޮސްފައެވެ.
