ލައިފްސްޓައިލް

މި އަންހެން މީހާ 100 ދުވަސް ވަންދެން އެއް ކަޅު ހެދުމެއް ލައިގެން އުޅުނީ ކީއްވެގެންކަން އެނގޭތަ؟

ދެން އެމްވީ ، ދެން އޮންލައިން
{"uid":"9C56DF0B-7175-4C7E-95AA-501FDF9530F0_1610106237937","source":"other","origin":"unknown"}

މިއީ އިނގިރޭސި ވިލާތު، ބޮސްޓަންގެ 52 އަހަރުގެ އަންހެނެއްގެ ވާހަކައެވެެ. މި އަންހެން މީހާ ވަނީ އިންޓަރނެޓުގައި 100 ދުވަސް ވަންދެން އެއް ހެދުމެއް ލައިގެން އުޅުމަށް ޗެލެންޖެއް ކޮށް އެ ޗެލެންޖު ފުރިހަމަ ކޮށްފައެވެ. އަދި އޭނާގެ ވާހަކަ މިއަދު މީސްމީޑިއާގައި އެތައް ބަޔަކު ދައްކަމުން އެބަދެއެވެ.

Ads by MWSC

ސާރާ ރޮބިންސް ނަމަކަށް ކިޔާ މި އަންހެން މީހާ މި ޗެލެންޖު ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އަދި އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް އޭނާ ލައިފައިވަނީ އޭނާ އެ ޗެލެންޖު ފުރިހަމަ ކުރުމަށް ބޭނުން ކުރި ކަޅު ހެދުމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ މިކަން ކުރީ ޒަމާނީ ފެޝަން ދޫކޮށްލާ އާދައިގެ ދިރިއުޅުމެއް ތަޖުރިބާ ކޮށްލުމަށް ޓަކައެވެ.

މި ޗެލެންޖު ފުރިހަމަ ކުރި އިރު އޭނާ ވަނީ އެކި ދުވަސްތައް މަތިން އޭނާގެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށް މި ޗެލެންޖު ފުރިހަމަ ކުރަން އޭނާ ބޭނުންވި ސަބަބާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. އޭނާ ބުނެފައިވަނީ މި ޗެލެންޖުގެ ސަބަބުން އަހަރެމެން ދިރިއުޅުމުގައި ބޭނުން ވަނީ ކިހާ ކުޑަމިންވަރެއް ކަން ދަސްވެގެން ދާ ކަމަށެވެ.

މީގެ އެތައް ދުވަހެއް ކުރިން 19 ވަނަ ގަރުނުގައި އޭނާ ދިރިއުޅެމުން ދިޔައީ އިނގިރޭސި ވިލާތުގެ ވާރމަންޓްގައި އޮންނަ ފާރމް ހައުސް އެއްގައި ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. އަދި އެ ދުވަސްވަރު އަންނައުނަކީ ވަރަށް އަގުބޮޑު އެއްޗެއް ކަމަށާއި މިހާ ވަރަށް އަންނައުނު އަގުހެޔޮ ވެގެން ދާނެ ކަމަށް އޭރު އެކަކު ވެސް ހީނުކުރާ ކަމަށާއި ހަމައެހެންމެ ދެތިން އަހަރު ލުމަށްފަހު އަންނައުނު އެ ޒަމާނުގައި އެއްލާ ނުލައި ކަމުގައި ވެސް އޭނާ ބުނެފައިވެއެވެ.

https://www.instagram.com/p/CJPOnVwBR8S/?igshid=1qpnp3zfb9ewp

 

މި ޗެލެންޖަކީ ވޫލް& ކިޔާ އިނގިރޭސިވިލާތުގެ ބްރޭންޑަކުން ތައާރަފްކުރި ޗެލެންޖެކެވެ. އަދި މި ޗެލެންޖުގައި ސާރާ ނޫނަސް އެހެން އަންހެނުން ވެސް ބައިވެރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ، އަދި މި ޗެލެންޖުގައި ބައިވެރިވި ފުރަތަމަ 50 އަންހެނުންނަށް އެ ބްރޭންޑުން ވަނީ ހެދުން ފޯރު ކޮށްދީފައެވެ. ނަމަވެސް މި ޗެލެންޖު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރެވުނީ 13 މީހުންނަށެވެ.

މި ޗެލެންޖުގެ މޮޓޯއެއްގެ ގޮތުގައި އެ ބްރޭންޑުން ބުނެފައި ވަނީ " އާދައިގެ ދިރިއުޅުމެއް އުޅުން، ބަލައިގެން ހަރަދު ކުރުން، އަދި ހެޔޮކަންކަން ކުރުން" މިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!