ފުވައްމުލަކުން ގެއްލުނު ކުއްޖާ މޫދު އަޑިން ފެނިއްޖެ

ޏ. ފުވައްމުލަކުގައި މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ކުއްޖާ ފެނިއްޖެއެވެ.
ފުލުހުން ބުނީ، އެ ކުއްޖާ ފެނިފައި ވަނީ މިއަދު ހަވީރު 5:50 ހާއިރު ކަަމަށެވެ. އަދި އޭނާ ފެނުނީ މާނޭރެ އަތިރި ސަރަހައްދުގެ މޫދުގެ އަޑިން ކަމަށެވެ
ފުވައްމުލަކު މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅުނު 17 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 4:47 ހާއިރު ފުލުހުންނަށް ވަނީ ހުށަހަޅާފައިކަމަށް ފުލުހުން ބުނެއެވެ. އަދި މައުލޫމާތު ލިބުމާއެކު އެ ކުއްޖާ ހޯދުމަށް އެ ސަރަހައްދުގައި ފުލުހުންނާއި އެ ރަށު ރައްޔިތުން ވަނީ ހަރަކާތްތެރިވެފައެވެ.
ކުއްޖާގެ ހަށިގަނޑު ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް 18:45 ހާއިރު ވަނީ ނިޔާވެފައެވެ.