ތަކުރާރުކޮށް މޫދަށް ކުނި އެޅުމުން ވެމްކޯ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ތަކުރާރުކޮށް މޫދަށް ކުނި އަޅާފައި ވާތީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) އިން ބުނީ އިއްޔެ ވެމްކޯ ޖޫރިމަނާ ކޮށްފައި ވަނީ ކުނި މެނޭޖު ކުރުމުގެ ގަވާއިދުގެ ދަށުން ކަމަށެވެ.
އެގޮތުން ކުންފުނީގެ އޮޕަރޭޝަންތައް ހިންގުމުގެ ތެރޭގައި ތަކުރާރުކޮށް މޫދަށް ކުނި އަޅާފައިވާތީ، ވެމްކޯ 1.1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭއިން ވަނީ ހާމަކޮށްފައެވެ.
ވެމްކޯއަކީ މާލޭގެ އެންމެ ބޮޑު މައްސަލައަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ގެނައުމަށް އުފެއްދި ކުންފުންޏެކެވެ.