ދުނިޔެ

އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އައިސް، ހަތް މީހަކު މަރުވެ ގިނަބަޔަކަށް އަނިޔާވެއްޖެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Residents inspect an earthquake-damaged houses in Mamuju, West Sulawesi, Indonesia, Friday, Jan. 15, 2021. A strong inland and shallow earthquake hit eastern Indonesia early Friday causing people to panic in parts of the country???s Sulawesi island and run to higher ground. (AP Photo/Rudy Akdyaksyah)

ޖަކާޓާ، އިންޑޮނޭޝިއާ: ސުލަވެސީ އައިލެންޑް އަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އައިސް ހަތް މީހަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެއްޖެއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާ ގޮތުގައި ސުލަވެސީ އައިލެންޑަށް އަރާފައި ވަނީ 6.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ.

އެޤައުމުގެ ޑިޒާސްޓާ މިޓިގޭޝަން އޭޖެންސީން ބުނެފައިވާ ގޮތުގައި މިބިންހެލުމުގެ ދިގުމިނުގައި ހަ ކިލޯމީޓަރު (3.73 މޭލު) ހުރިއިރު، މެޖީން ސިޓީގެ ގާތްގަނޑަކަށް 10 ކިލޯމީޓަރު ފުންމިނަށް ބިންގަނޑު ކަނޑައިގެން ގޮސްފައިވެއެވެ.

މެޖީން ސިޓީގެ ޑިޒާސްޓާ މެނޭޖްމަންޓް އޭޖެންސީން ބުނެފައިވަނީ އެސިޓީން މިހާދިސާގައި ހަތަރު މީހަކު މަރުވެފައިވާ ކަމަށާއި 600 އަށްވުރެ ގިނަ މީހުންނަށް އަނިޔާ ވެފައިވާ ކަމަށެވެ.

މީގެއިތުރުން މަމޫޖޫއިން ތިން މީހަކު މަރުވެފައިވާއިރު، އެ ސަރަހައްދުން 24 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އިންޑޮނޭޝިއާގެ ނޭޝަނަލް ބޯޑް ފޮ ޑިޒާސްޓާ މެނޭޖްމަންޓުން ބުނެފައިވާ ގޮތުގައި ބިންހެލުން އެރި ވަގުތު،  3000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރިތަނަކަށް ދިޔުމަށްޓަކައި އެމީހުންގެ ގެދޮރުން އަވަހަށް ނިކުމެފައެވެ. ސުލަވެސީ އައިލެންޑުން 62 ގެއެއް މިކާރިސާގައި ހަލާކުވެގެން ދިޔަ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.

މީގެއިތުރުން، އުސްކޮށް ހަދާފައިހުރި ބައެއް އިމާރާތްތަކަށް ވެސް ވަނީ މިބިންހެލުމުގެ ސަބަބުން ގެއްލުންވެފައެވެ. އޭގެތެރޭގައި މިތުތާ މަނާކަރާ ހޮސްޕިޓަލާއި ސަރުކާރުގެ ބައެއް އިމާރާތްތަކާއި ހޮޓާތައް ވެސް ހިމެނޭ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!