130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ޝަރީއަތް މާދަމާ
ކަންނެލި ދޯންޏެއްގައި ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ޝަރީއަތުގެ އަޑުއެހުންތައް މާދަމާ ފެށުމަށް ތާވަލު ކޮށްފިއެވެ.
އެ މައްސަލައިގައި ހަ މީހަކަށް ވަނީ ދައުވާ އުފުލާފައެވެ. އެއީ ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށި ވައިލެޓްވިލާ، އަހުމަދު މޫސާގެ އިތުރުން އަސީލް މާހިރު، ދުންފިނިގެ/ ގއ. ވިލިނގިލި އާއި އަނަސް ހުސައިން، ސެލް/ ޅ. ހިންނަވަރު އަދި ބަންގްލަދޭޝް ދެ މީހެއް ކަމަށްވާ މުޙައްމަދު ރިޔާދު އާއި އިގްބާލް ކިޔާ ދެމީހުންނެވެ. މި އެންމެންގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައެވެ.
އުފުލާފައިވާ ދައުވާތައް
- ޑައިމޯފިން ޓްރެފިކް ކުރުން: (އަދަބު: 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކު ޖޫރިމަނާކުރުން.)
- މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗެއް ޓްރެފިކް ކުރުން: (އަދަބު: 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކު ޖޫރިމަނާ ކުރުން)
- މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާ ތަކެއްޗެއް ރާއްޖެ އެތެރެކުރުން: (އަދަބު: 25 އަހަރަށް)
- ޖަލަށް ލުމާއެކު 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކު ޖޫރިމަނާ ކުރުން
ކްރިމިނަލްކޯޓުގައި މި މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ މާދަމާގެ 13:00 ގައެވެ.
Ads by Allied Insurance