ދުނިޔެ

ބްރެޒިލްގައި ކޮވިޑް-19 އަށް ވެކްސިން ޖަހަން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ބްރެޒިލްގައި ކޮވިޑް-19 އަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށައިފިއެވެ.

Ads by Sosun Fihaara

އެ ގައުމުގެ ހެލްތު ރެގިއުލޭޓަރީ އެޖެންސީއިން ހުއްދަދީފައި ވަނީ އެސްޓްރަޒެނެކާއާއި އޮކްސްފޯރޑް ޔުނިވަރސިޓީ ގުޅިގެން ކޮވިޑް-19 އަށް އުފެއްދި ވެކްސިނާއި ޗައިނާގެ ސިނޯވެކް ކުންފުނިން ކޮވިޑް-19 އަށް އުފެއްދި ވެކްސިނަށެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ދެވަނަޔަށް އެންމެ ގިނަ މީހުން ބަލީގައި މަރު ވެފައިވަނީ ބްރެޒިލުންނެވެ. އެ ގައުމުން 209,868 މީހަކު ބަލީގައި މަރުވެފައި ވެއެވެ. އަދި ބައްޔަށް ފައްސިވެފައި ވަނީ 8,488,099 މީހުންނެވެ.

އެގައުމުގެ ހެލްތު މިނިސްޓަރ އެޑުއަޑޯ ވިދާޅުވެފައި ވަނީ މި ޕްރޮގްރާމްގެ ދަށުން 211 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ނިންމާފައިވާ ކަމަށެވެ. އިމިއުނައިޒޭޝަން ޕްރޮގްރާމްގެ ދަށުން އެ ޤައުމުގައި އެންމެ ފުރަތަމަ ވެކްސިން ޖަހާފައި ވަނީ އުމުރުން 59 އަހަރުގެ ނަރުހެކެވެ.

ބްރެޒިލްގެ ހެލްތް މިނިސްޓްރީން ބުނެފައި ވަނީ ސިއްހީ މަސައްކަތްތެރިންނާއި، އުމުރުން ދުވަސްވީ މީހުން ފަދަ ހައި ރިސްކް މީހުންނަށް 108 މިލިއަން ވެކްސިން ޑޯޒް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވެކްސިން ދިނުމުގެ ޕްލޭންގައިވާ ގޮތުން ކޮންމެ މީހަކަށް ވެކްސިންގެ ދެ ޑޯޒް ދޭން ވަނީ ހަމަޖެހިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!