ޚަބަރު

މަހަށް ގޮސްގެން އުޅެނިކޮށް ގެއްލިފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކ. މާފުށިން މިއަދު ފަތިހު ރިޔަލު ދޯންޏެއްގައި މަހަށް ނިކުމެގެން އުޅެނިކޮށް ގެއްލިފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަަށް މާފުށި ކައުންސިލުން ބުނެފިއެވެ.

Ads by Sosun Fihaara

ގެއްލިގެން ހޯދަމުންދަނީ ކ. މާފުށީ ޝޭޑީގްލޯވަރ އަހުމަދު އާދަމް މަނިކު (81އ.) އެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ އެމީހާއާ ގުޅޭ ނުވަތަ އެދޯންޏާ ވެސް ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރެއްވުމަށެވެ.

އޮންލައިން ނޫސް "ވަގުތު" އިން ބުނީ އެމީހާއަކީ އާއްމުކޮށް މަހަށް ގޮސް އުޅޭ މީހެއް ނޫން ކަމަށާއި، އޭނާއަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށް މާފުށީ ކައުންސިލް ރައީސް އުސްމާން ރަޝީދު ވިދާޅުވި ކަމަށެވެ.

އެމީހާއަކީ އަޑު ނުއިވޭ އަދި ވާހަކަ ވެސް ނުދެއްކޭ މީހެއް ކަމަށާއި އޭނާއަކީ ތަންތަނަށް ގޮސް އުޅޭ މީހެއް ނޫން ކަމަށް ވެސް އުސްމާން ވިދާޅުވެފައިވެއެވެ.

“އަހަރުމެންނާ ވެސް ވަރަށް ގާތްކޮށް އުޅޭ މީހެއް އެއީ ހަމަ ފެނުނީމަ، ސަކަރާތް ޖަހާ ހަދާނެ، އެ މީހާއަކީ ބޮއްކުރާގެ ވެރިފަރާތާ ވަރަށް ގާތްކޮށް އެއްކޮށް ކޮފީ ބޮއެ އުޅޭ، އަދި ވަރަށް ރަނގަޅަށް ބޮއްކުރާ މީހާވެސް އޭނާއާ ދޭތެރޭ ކަންތައް ކޮށްދީފައި ވާނީ، އަޅުގަނޑުމެންނަށް ފެނޭ އެއްކޮށް އުޅޭތަންވެސް، އެހެން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ އޭނާ އެއަށް އަރައިގެން ޖެހޭނީ" އުސްމާން ވިދާޅުވިއެވެ.

އަހުމަދު އާދަމް މަނިކު ގެ ޚަބަރެއް ނުވެގެން އުޅެނީ މިއަދު ފަތިހު 5:30 ހާއިރުން ފެށިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!