Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ވެރިކަންކުރާ ޕާޓީ ޕީއެންސީގެ އެސްޖީގެ މަގާމަށް މޫސާ ފަތުހީ ހަމަޖައްސައިފި

ވެރިކަންކުރާ ޕާޓީ ޕީއެންސީގެ އެސްޖީގެ މަގާމަށް މޫސާ ފަތުހީ ހަމަޖައްސައިފި

ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި މުއާޒް ހަލީމް އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަޤާމަށް މޫސާ ފަތުހީ އާދަމް އައްޔަންކޮށްފިއެވެ.

https://twitter.com/pnc_secretariat/status/2046064317884420535

މިދިޔަ ހޮނިހިރު ދުވަހު މަޤާމުން ދުރަށްވަޑައިގަތުމަށް ފަހު، މީސްމީޑިއާ 'އެކްސް' ގައި މުއާޒް އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އެ ނިންމެވުން ނިންމެވީ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކުރެއްވުމަށް ޕާޓީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މުހިންމު މަސައްކަތްޕުޅުތަކަށް ޖާގަދީ، ރައްޔިތުން އެދޭފަދަ ނަތީޖާ ނެރެދޭ ސިޔާސީ ހަރަކާތަކަށް އެ ޕާޓީ ބަދަލުކުރުމަށް އެހީތެރިވުމުގެ ނިޔަތުގައި ކަމަށެވެ.

Advertisement
Allied — Dhen Online (box)

އޭގެ އިތުރުން، ޕާޓީގެ އެންމެ އިސް އިދާރީ ހިންގުންތެރިޔާގެ ހައިސިއްޔަތުން އެސްޖީގެ މަޤާމަކީ އޭނާއަށް ވުރެ ފުޅާ ދާއިރާއެއްގައި ވަގުތު ހުސްކުރެވޭނެ ބޭފުޅަކު ހުންނެވުން މާ އައުލާކަން ބޮޑު މަޤާމެއްކަމަށް ގަބޫލުފުޅުކުރެއްވޭތީ އެ ފުރުސަތު ފަހިކޮށްދެއްވީ ކަމަށްވެސް ކުރީގެ އެސްޖީ ވަނީ ފާހަގަކުރައްވާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް