ޚަބަރު

ރައީސް ޔާމީނަށް ކުރި ޖަލު ހުކުމް ގޯސް ކަމަށް ރައުޔު ނެރުނު ފަނޑިޔާރުގެ މައްސަލަތަކެއް ބަލަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަނީ ލޯންޑަރިންގެ މައްސަލައިގައި ފަސް އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ މައްޗަށް އިއްވީ ގޯސްކޮށް ކަމަށް ރައުޔު އިއްވި ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދާ ގުޅޭ ދެ މައްސަލައެއް ކުރިއަށްދާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފިއެވެ.

Ads by STELCO

ނަމަވެސް ފަނޑިޔާރު ޝަހީދާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ދެ މައްސަލައަކީ 2019 ވަނަ އަހަރު ޖޭއެސްސީ އަށް ފޮނުވި ދެ މައްސަލަކަން ވެސް ވަނީ ހާމަވެފައެވެ. މިއަދާ ހަމައަށް އައި އިރުވެސް ޖޭއެސްސީން އެ ދެ މައްސަލައާ ގުޅޭގޮތުން އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެއެވެ.

މި ދެ މައްސަލައިގެ ތެރެއިން އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ހުށަހެޅި މައްސަލައަކީ ވަކި ފަރާތެއްގެ މަސްލަހަތު އިސްކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެކެވެ. އަދި އޭގެ ފަހުން އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ހުށަހެޅިފައިވާ މައްސަލައަކީ އިސްތިއުނާފީ މައްސަލައެއް އޮންނަ އިޖުރާތްތަކާ ދެކޮޅަށް ހިންގާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

މިކަމާ ގުޅޭގޮތުން ޖޭއެސްސީ ގެ އޮފިޝަލަކު ވިދާޅުވީ ފަނޑިޔާރު ޝަހީދަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

Ads by HDC
  1. އިމްރާމް

    ފަނޑިޔާރުނަށް މިނިވަންކަން އޮތް ވަރު ވަރަށް ސާފުކޮށް ފެންނަމުން އެބަދޭ.

  2. 2ހައްޕު

    މާކުރިންވެސް އެނގޭ ކަމެއް ޔާމީންގެ މައްސަލައިގެ ދަށުކޯޓު ޙުކުމަށް ތާޢީދު ނުކޮށްފިނަމަ ވަކިކުރާނެކަން. އެހާ ދުވަސްވަންދެން މައްސަލަ ނުބަލާ ބޭއްވުމުގެ ބޭނުމަކީވެސް ނުފޫޒު ފޯރުވުންކަންވެސް އެނގޭ

  3. މަންތިރި

    ޞާލިޙު ކެމްޕެއިން ކުރަމުން ބުނީ ޖޭއެސްސީ މިހާރު މިއޮތީ އުފައްދާފަ! ފަނޑިޔާރުން ޞަލިޙު ބުނާ ގޮތަށް ޙުކުމް ނުކުރީމަ އައުޓް ކޮށްލަނީ! ފަނޑިޔާރުގެ އިސްލާހު ކުރީ އައު ގޮތަކަށް! 19 އެޖެންޑާ ވ ތަފާތު!