ދުނިޔެ

މަންމަގެ އަނިޔާތަކަށް ކެތް ނުވެގެން މި ފިިރިހެން ކުއްޖާ ގުޅީ ފުލުހަށް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޔުނައިޓެޑް އަަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ދިރިއުޅޭ 14 އަހަރުގެ ފިރިހެން ކުއްޖަކަށް އޭނާގެ މަންމަ ތަޅާ އަނިޔާ ކުރާތީ އެކަމާ ކެތް ނުވެގެން ފުލުހުންނަށް ގުޅާ އެ މައްސަލަ ރިޕޯޓް ކޮށްފިއެވެ.

Ads by Sosun Fihaara

މި ކުއްޖާގެ މަންމަ ވަނީ އޭނާއަށް އެކިވަރުގެ އަނިޔާތައް ކޮށްފައެވެ. އެގޮތުން، އަނިޔާ ވާގޮތަށް ތަޅައި އަދި ދަތް ވެސް އަޅައިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއެކު، އެމްބިއުލޭންސަކާ އެކު ގިނަ ފުލުހުންތަކެއް ވަނީ އެގެއަށް ވަގުތުން ގޮސްފައެވެ.

ފުލުހުން އެގޭ ދޮށަށް ދިއުމާއެކު އޭނާގެ މަންމަ ވަނީ ފުލުހުންނާ ވާހަކަ ދައްކާ ކަންތަައް ވީ ގޮތް ކިޔައިދީފައެވެ. އެގޮތުން އޭނާގެ މަންމަ ވަނީ ދަރިފުޅު ގެންދިއުމަށް ފުލުހުންގެ ގާތުގައި އެދިފައެވެ. އަދި ފުލުހުން ބުނި ގޮތުގައި އެ އަންހެން މީހާ ހުރީ ރުޅިގަދަވެގެން ގޮސް ކޮންޓްރޯލުން ނައްޓާފައެވެ.

މީގެ އިތުރުން، ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ އަނިޔާ ކުރަނީ އޭނާގެ އެ ދަރިފުޅަށް އެކަންޏެއް ނޫނެވެ. އޭނާގެ އެއްބަނޑު އެއްބަފާ ކުދިންނަށް ވެސް އަނިޔާ ކުރިކަމަށް އެ އަންހެން މީހާ ވަނީ އެއްބަސްވެފައެވެ. އެހިސާބުން ފުލުހުން ވަނީ އެގައުމުގެ ޗައިލްޑް ޕްރޮޓެކްޝަން ސެންޓަރާ ގުޅިގެން އެ ފިރިހެން ކުއްޖާ އެ ސެންޓަރުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެ މައްސަލަ އިތުރަށް ފުލުހުން ބަލަމުން ގެންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާކަމެއް އެނގިފައެއް ނުވެއެވެ. މި މައްސަލަ މިހާރު ބަލަމުން ދަނީ އަލްބުޚައިރާގެ ފުލުހުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!