ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނުން، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފި އެވެ.
ރާއްޖޭގެ ދެކުނަށް ހުދު އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 8:30 އިން 14:00 އާ ހަމައަށެވެ. މި ގަޑިތަކުގައި ބޯކޮށް ވާރޭވެހުމާއެކު އެ އަތޮޅުތަކަށް ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓްއިން މައުލޫމާތު ދެއެވެ.
މެޓް އިން މައުލޫމާތުދޭ ގޮތުގައި މެދުރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ އެވެ. މީގެ އިތުރުން މިއަދު ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުނެއެވެ.
ދެކުނުގެ އަތޮޅުތަކަށް ވިލާގަނޑުގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި އިރާއި އިރުދެކުނުން ގަޑިއަކު ހަތަރު މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސްމެޓް އިން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އަންގައިފައެވެ.