ޚަބަރު

ދިވެހިންގެ ތެރޭގައި އައިއެސްގެ އަމީރެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޓެރަރިސްޓް ޢަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގައި މިދިޔަ އަހަރު ތ. ތިމަރަފުށިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެކަކަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އަމީރުކަމުގެ މަގާމު ދީފައިވާ މީހެއް ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

އެގޮތުން އައިއެސް އިން އަމީރުކަމުގެ ލިޔުން ވެސް ހަވާލު ކޮށްފައި ވަނީ ތިމަރަފުށީ އަސްރަފީވިލާ، އަބްދުﷲ ޝަރީފް (34އ.) އެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ޝަރީފަކީ އައިއެސް ޖަމާއަތުގެ ހޮރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި އައްޔަން ކޮށްފައިވާ މީހެކެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރު ކުރި މީހަކު އައިއެސް އަށް ތާއީދުކޮށް އެ ޖަމާއަތުގައި ހަރަކާތްތެރި ވަމުންދާ މީހުންނަށް ފައިސާގެ އެހީތެރިކަން ފޯރު ކޮށްދިނުމަށް ޓެލެގްރާމްގެ އެކި ޗެނަލްތަކުގައި ފަންޑް ރެއިޒް ކުރުމުގެ އެކި ހަރަކާތްތައް ހިންގާފައިވާ ކަމަށެވެ.

އެކި ފަރާތްތައް މެދުވެރިކޮށް ސީރިޔާއަށް ފައިސާ ފޮނުވައި ރާއްޖޭގައި ލިބެން ހުރި ގަސްކާނާ އިން އެމޯނިއަމް ނައިޓްރޭޓް ވަކިކޮށް ހަމަލާއެއް ދިނުމުގެ ޝައުގުވެރިކަން ފާޅުކޮ ށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައި ވެއެވެ. ނަމަވެސް އެކަން ކަން ކުރީ ސީދާ ކާކު ކަމެއް ފުލުހުންގެ ބަޔާނުން އެނގޭކަށް ނެތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!