ޚަބަރު

މާލެ އިން ރަށްތަަކަށް ދަތުރުކުރާ އެންމެން ކަރަންޓީނުވުން މަޖުބޫރު ކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލެ އިން ރަށްތަަކަށް ދަތުރުކުރާ އެންމެން ކަރަންޓީނު ވުން މަޖުބޫރު ކޮށްފިއެވެ.

Ads by Sosun Fihaara

މީގެ ކުރިން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިޔައީ ޚާއްސަ ހުއްދަތަކެއް ދޫ ކުރަމުންނެވެ.އެޗްޕީއޭ އިން ނިންމި ނިންމުމާ އެކު މި ފަރާތްތައް ހިމެނޭހެން އެންމެންވެސް 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ވާން ޖެހޭނެއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުން އިތުރު ވަމުން ދިޔުމާ ގުޅިގެން ބައެއް ފިޔަވަޅުތައް ވަނީ އަޅާފައެވެ. އެގޮތުން މާލެ އިން ރަށްތަަކަށް ދަތުރުކުރާ އެންމެން ކަރަންޓީނުވުން މަޖުބޫރުކޮށް، މާލެ ސަރަހައްދުގައި ވަނީ ކާފިއު އަނެއްކާވެސް އިއުލާން ކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް ގިނަވަމުން އަންނާތީ، ފަތުރުވެރިން ފިޔަވައި ބޭރު ގައުމުތަކުން ރާއްޖެ އަންނަ ފަރާތްތައް ކަރަންޓީނު ކުރަން ވެސް ވަނީ ނިންމާފައެވެ. އަދި މާލެ ސަރަހައްދުގައި ރަސްމިއްޔާތުތަކާއި ޕާޓީތައް ބޭއްވުން މެދުކަނޑާލުމަށް ވެސް އެޗްޕީއޭއިން ވަނީ އިއުލާނު ކޮށްފައެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ގޮތުން، ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ރާއްޖެއަށް ވޯކް ވިސާގައި އަންނަ ބިދޭސީން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

މިދިޔަ ދުވަސްތަކުގައި މާލެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދުވަނީ އިންތިހާއަށް އިތުރުވެފައެވެ. އެގޮތުން ޖެނުއަރީ މަހުގެ ފުރަތަމަ 24 ދުވަހު އެކަނި ވެސް ރާއްޖެއިން ވަނީ 1200 އަށްވުރެ ގިނަ މީހުން ފައްސިވެފައެވެ. އަދި ތިން މީހަކު ވަނީ ނިޔާވެފައެވެ.

Ads by HDC
  1. ނިލަންދޫޫ މީހާ

    އަދިި މަޑުކޮއްލަންް ލަފާާ އަރުވަން