ޚަބަރު

ބިދޭސީ މުވައްޒަފުންނަށް އެކޮމޮޑޭޝަން އެލަވަންސް ދިނުމަކީ ތަފާތު ކުރުމެއް ނޫން: ސުޕްރީމް ކޯޓު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް އެއާޓެކްސީ ޕްރައިވެޓް ލިމިޓެޑްގެ ދިވެހި މުވައްޒަފުންނަށް އެކަމަޑޭޝަން އެލަވަންސް ނުދީ، އެފަދަ އެލަވަންސެއް އެތަނުގެ ބިދޭސީ މުވައްޒަފުންނަށް ދިނުމަކީ ތަފާތު ކުރުމެއް ނޫން ކަމަށް ސްޕްރީމް ކޯޓުން ނިންމައިފިއެވެ.

Ads by MWSC

އެ މަގާމުތަކެއްގައި އަދި އެއް ބާވަތެެއްގެ މަސައްކަތް ކުރާ މުވައްޒަފުންތަކެއްގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަަށް ބުނެ މޯލްޑިވްސް އެއާޓެކްސީގެ 23 މުވައްޒަފަކު އެ ކުންފުންޏާ ދެކޮޅަށް ޓްރަބިއުނަލަށް މައްސަލަ ހުށަހެޅީ، 2009 ވަނަ އަހަރު އެވެ.

އެގޮތުން ބިދޭސީ މުވައްޒަފުންނަށް އެކަމޮޑޭޝަން އެލަވަންސްގެ ގޮތުގައި 900 ޑޮލަރު ދޭއިރު، އެ އެލަވަންސް ދިވެހި މުވައްޒަފުންނަށް ނުދިނުމަކީ ތަފާތު ކުރުން ކަމަށާއި އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް 23 މުވައްޒަފުންގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

ޓްރަބިއުނަލް އިން އޭރު އަމުރު ކުރީ، ދިވެހި މުވައްޒަފުންނަށް ވެސް އެކަމޮޑޭޝަން ހަމަޖައްސައި ދިނުމަށެވެ. ނަމަވެސް އެ މައްސަލަ އެ މޯލްޑިވިއަން އެއާޓެކްސީގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން، އެކޯޓުން ނިންމީ އެކުންފުންޏާ އެއްކޮޅަށެވެ. އަދި ހައި ކޯޓުގެ އެ ނިންމުން 23 މުވައްޒަފުންގެ ފަރާތުން ސްޕްރީމް ކޯޓުގައި ފަހުން އިސްތިއުނާފު ކުރިއެވެ.

ސުޕްރީމްކޯޓުން އެ މައްސަލަ ބެެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކުރީ ދިވެހި މުވައްޒަފުންނަށް ނުދީ ބިދޭސީ މުވައްޒަފުންނަށް އެކަމޮޑޭޝަން އެލަވަންސެއް ދިނުމަކީ ތަފާތު ކުރުން ނޫން ކަމަށެވެ.

Ads by Allied Insurance
  1. ކަނބުލޮ

    ތަފާތުކުރުން ނޫން ދެން ކޮން ކަމެއްތޯ؟ މާލޭގައި އުޅެވެނީ ކުލިދައްކައިގެން ސަރުކާރު ވަޒީފާގައެންމެ ކުޑަމިނުން ކާނެ އެލަވަންސްގަނޑެއްނުދޭ ބޯހިޔާވަހިކަމެއްނުދޭ އޮފީހުގައި އެންމެ ކުޑަމިނުން ބޯނެ ފެންވެސް ގަނެގެން ބޮނީ