އިންޑިއާގެ ކޮވިޝީލްޑް ވެެކްސިން ޖެހި ފުރަތަމަ ދިވެއްސަކަށް ޑރ.ނަޒްމީ
އޮކްސްފޯޑްގެ އެސްޓްރާޒެނެކާއިން ތަރައްގީކޮށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފެއްދި ކޮވިޝީލްޑް ވެކްސިން ޖެއްސެވި ފުރަތަމަ ދިވެއްސަކަށް ޑރ.ނަޒްމީ އަބްދުލްލަތީފް ވެއްޖެއެވެ.
މިކަން ހާމަ ކުރައްވާފައި ވަނީ އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީއެވެ.
ޑރ.ނަޒްމީ އަކީ ކުރިން އައިޖީއެމްއެޗްގައި ފިޒީޝިއަނެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ޑޮކްޓަރެކެވެ. އޭނާ އަކީ ނޭވާލާ ނިޒާމުގެ މައްސަލަތަކަށް ހާއްސަ ޑޮކްޓަރެކެވެ. އޭނާ އިންޑިއާއަށް ގޮސްފައިވަނީ އިތުރަށް ތައުލީމް ހާސިލް ކުރާށެވެ.
ޑރ.އަލީ މުހައްމަދުގެ ޓްވީޓުގައި އިތުރަށް ފާހަގަ ކޮށްފައި ވަނީ އޭނާގެ އިތުރު ރައްޓެހިން ވެސް ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށާއި ނޭޕާލްގެ ގިނަ ރައްޓެހިންތަކެއް ވެެސް ވަނީ ކޮވިޑް ވެކްސިން ޖަހާފައި ކަމަށެވެ.
އިންޑިއާއިން ދާދި ފަހުން ވަނީ ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް ހަދިޔާ ކޮށްފައެވެ. މި ވެކްސިން ފުރަތަމަ ދޭން ފަށާނީ ރާއްޖޭގެ ސިއްހީ މަސައްކަތްތެރިންނާއި ފްރަންޓްލައިން މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށެވެ. ކޮވިޝީލްޑް ވެކްސިންއަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އަދި ހުއްދަ ދީފައެއް ނުވެއެވެ.
ހުސް ދޮގު. ތެދެއްވެއްޖެއްޔާ އޭނަ މަރުވާނެ
އޭނަ ވެސް ތިބާވެސް މަރުވާނެ އެއް ވެކްސިނެއް ނުޖެހިޔަސް.. ގަމާރޭ ދޯ…
އެހެންވިއްޔާ މިކަމުގަވެސް ހުސެން ރަޝީދުބެ ހެދީ ދޮގުތާ!
މަ ޖެހީ އެހެން ވެކްސިންއެކޭ. މީހަކު މޮޔަ ވެދާނެ. ތަންދޮރު ވަކި ކުރަން ނޭނގުނަސް ކޮމެންޓު ކުރަންވާނެ