ދުނިޔެ

އެއްޖިންސުން ގުޅުން ހިންގަން ތިބި އިންޑޮނޭޝިއާ ދެމީހެއް ގައިގައި ހައްދު ޖަހައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑޮނޭޝިއާގައި އެއް ޖިންސުން ގުޅުން ހިންގަން ތިބި ދެ މީހެއް ގައިގައި، އެންމެން ކުރިމަތީގައި ހައްދު ޖަހައިފިއެވެ.

Ads by WAMCO

އެޤައުމުގެ އާޗޭ ގައި، އެންމެންނަށް ފެންނާނޭހެން 77 އެތި ފަހަރުން ހައްދު ޖަހާފައިވަނީ ދެ ފިރިހެނުން ގައިގައެވެ.

ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި، އެ ދެ ފިރިހެނުން ގައިގައި ހައްދު ޖެހީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެމީހުން އެއްޖިންސުން ގުޅުން ހިންގަން ތިއްބާ އަވައްޓެރިން ވަނީ އެދެމީހުންގެ މައްސަލަ އިސްލާމިކް ފުލުހުންނަށް ރިޕޯޓު ކޮށްފައެވެ.

ބަންޑައާޗޭ ގެ ތަމަންސާރީ ސިޓީ ޕާކުގައި، އެ ދެމީހުންގެ ގައިގައި ހައްދު ޖަހާފައިވާއިރު، އެމަންޒަރު ބަލަން އެތަނަށް އެތައް ބަޔަކު ޖަމާވިއެވެ.

އިންޑޮނޭޝިއާގެ އާޗޭ އަކީ އެޤައުމުގައި، އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ޤާނޫނު ތަންފީޒުކުރާ ހަމައެކަނި ޕްރޮވިންސެވެ. އެޕްރޮވިންސުން އިސްލާމީ ޝަރީޢާއާ އެއްގޮތަށް އަދަބު ދޭން ފަށާފައި ވަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ.

އެއް ޖިންސުން ގުޅުން ހިންގައިގެން އިންޑިނޭޝިއާގައި ހައްދު ޖަހާފައިވަނީ އުމުރުން 27 އަހަރާއި 29 އަހަރުގެ ފިރިހެނެއް ގައިގައެވެ. އެމީހުން ގައިގައި ހައްދު ޖެހީ ފަސް އޮފިޝަލެކެވެ. ހައްދު ޖެހި ވަގުތު ވީ ތަދުން އެދެމީހުން ރޮއެ، ހައްދު ޖެހުން ހުއްޓާލުމަށް އާދޭސް ކުރަމުން ދިޔައެވެ.

Ads by Ooredoo
  1. ކެކުރި

    ކީއްވެތަ ބުރަކަށީގަ އެޖަހަނީ .
    ހައދު ޖަހަނީ ފޫކޮޅަކު ނޫންތަ

  2. މުސްލިމުުންއޭ

    ުރާއްޖޭގަ ނުޖަހަނީ ، ފުރަތަމަ ހައްދު ޖަހަން ތިބި މީހުން ގައިގަ ފުރަތަމަ ޖަހަން ޖެހެނި، އަދި ބޮދެތި ވެރިން.