ޚަބަރު

ކޮވިޑް-19: ކޭސްތައް އިތުރުވާތީ އިންސްޕެކްޝަނެއް ފަށަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދިޔުމާ ގުޅިގެން އާއްމު ހިދުމަތްދޭ ތަންތަނުގެ ހާލަތު ބަލަން މާސް އިންޕެކްޝަނެއް ފަށަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

Ads by Sosun Fihaara

އެއެޖެންސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރައްކާތެރިވުމަށް އެކުލަވައިލާފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަމުން އަންނަކަން ނުވަތަ ނޫންކަން ދެނެގަތުމަށް ޓަކައި، އާއްމު ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރުން ކުރިއަށް ގެންދާނީ މާލެ ސަރަހައްދުގައި ކަމަށެވެ.

މިއިންސްޕެކްޝަން ކުރިއަށް ދާނީ ފުލުހުންގ އެހީއާއެކު ކަމަށާއި، އިންސްޕެކްޝަން ފަށާނެ ވަކި ދުވަހެއް އަދި އިއުލާނު ކޮށްފައި ނުވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އެޗްޕީއޭގެ މިފަހަރުގެ އިންސްޕެކްޝަންގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތަކާއި މާރުކޭޓްތައް އަދި ސެލޫންތަކާއި ފިޓްނަަސް ސެންޓަރުތަކުގެ އިތުރުން އާއްމު ދަތުރުފަތުރުގެ ހިދުމަތްދޭ އުޅަނދުތައް ވެސް ބަލާ ޗެކް ކުރާނެ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގައިޑްލައިނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށާއި އެޗްޕީއޭއިން އެކުލަަވައިލާފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަކީ އެ ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅު ކަމުގައިވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!