ދީން

ތިބާ ނިދަން އޮށޯތުމުގެ ކުރިން ނަމާދު ކޮށްފިންތަ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިންސާނާ ދުނިޔެއަށް ފޮނުވުމުގެ ބޭނުމަކީ الله ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރުމަށެވެ. ނަމާދު ކުރުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް ވެސް ވާޖިބު ކުރައްވައިފައިވާ އަޅުކަމެކެވެ.

Ads by Hajj Corporation

ވީއިރު ވިސްނާލަންވީ ކަމަކީ ކޮންމެ މީހަކު ވެސް އެދުވަހަކަށް ކަނޑައެޅިފައިވާ ފަރުޟު 5 ނަމާދު އަދާކުރެވޭތޯއެވެ؟ ހަގީގަތުގައި ގިނަ މީހުންނަށް ފަރުޟު 5 ނަމާދުގެ މައްޗަށް ދުނިޔަވީ އެހެން ކަންކަން ކުރުމަށް އިސްކަން ދެވެނީއެވެ. އެންމެ ފަހު ވަގުތުގައި ނަމާދު ފުރިހަމަ ނުކުރަނީއެވެ.

މިއަދު ނަމާދުތަކަށް ފަރުވާ ކުޑަކޮށްގެން އުޅެވިދާނެއެވެ. އެހެންނަމަވެސް ދަންނާށެވެ. ހިސާބު ބެއްލެވޭ ދުވަހު އެންމެ ފުރަތަމަ ކަމަކަށް ހިސާބު ބެއްލެވޭނީ ވެސް ތިބާގެ ނަމާދާ މެދުގައެވެ. ނަމާދު ނުކުރާ މީހަކީ ދުނިޔޭގައި ވެސް އަދި އާޚިރަތުގައި ވެސް އަބާއްޖަވެރިއެކެވެ.

ވަޒީފާގައި އުޅެމުން ވެސް ނަމާދު ކުރެވޭތޯ ބަލާށެވެ. އަދި ކޮންމެ ތަނެއްގައި ހުރި ކަމުގައިވީ ނަމަވެސް ނަމާދު ނާޅާށެވެ. ނަމާދަކީ ސުވަރުގޭގެ ތަޅުދަނޑި ކަމަށް ވެފައި އާޚިރަތަށް ތައްޔާރު ވުމަށް ދުނިޔޭގައި ކުރަމުންދާ ކޮންމެ ހެޔޮ ކަމަކީ ވެސް އެދުވަހުން ތިބާއަށް މަންފާ ކުރާނެ ކަމެއް ކަމުގައި ވާހުށީ ވެސް ހަމަ ނަމާދު ކުރުމުންނެވެ.

ނިދަން އޮށޯންނަ ވަގުތުގައި ކިތަންމެ ހިތްހަމަ ޖެހިލައިގެން ނިދަން އޮށޯތް ކަމުގައި ވީ ނަމަވެސް އަނެއް ދުވަހަށް ތިބާގެ ލޯ ހުޅުވާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. ވަގުތު ފާއިތު ވުމުގެ ކުރިން ނަމާދު ގާއިމު ކުރުމަށް އާދަކުރާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!