އއ. ތޮއްޑޫން ދެމީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ

އއ. ތޮއްޑޫން ދެ މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ތޮއްޑޫން ދެމީހަކު ފައްސިވީ ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ނެގި ރިލީޒް ސާމްޕަލުންނެވެ.
“ދެން" އަށް މައުލޫމާތު ދެއްވަމުން އެރަށު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަބްދުﷲ ޝިފާޒް ވިދާޅުވީ ކޮވިޑަށް ފައްސި ވެފައިވާ އެކަކީ އެ އަތޮޅު މަތިވެރިން ފައްސިވި ދެ ކުދިންނާ ގާތުން އެއްތާވި މީހެކެވެ. އަނެއް މީހާއަކީ މަތިވެރިން ފައްސިވި ދެކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ޑައިރެކްޓް ކޮންޓެކްޓެކެވެ.
މި ދެ މީހުންނަކީ ވެސް ކަރަންޓީނުގައި ތިއްބާ ފައްސިވެފައިވާ މީހުން ކަމުން ރަށުގެ އާއްމު ހާލަތު ރަނގަޅު ކަމަށް އެ ރަށު ސިއްހީ މަރުކަޒުން މައުލޫމާތުދެއެވެ.