ފޮޓޯ ސްޓޯރީ

ފައްސިވި މާމެންދޫ މީހާއާއެކު 40 މީހުން ދަތުރުކުރި!

ދެން އެމްވީ ، ދެން އޮންލައިން

ގއ. މާމެންދޫއިން ކޮވިޑަށް ފައްސިވި މީހާއާއެކު 40 މީހުން ދަތުރުކޮށްފައިވާ ކަމަށް އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

އެ ރަށުން ކޮވިޑަށް ފައްސި ވެފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ މާލެއިން ހޯމް ކަރަންޓީނަށް މި މަހުގެ 13 ވަނަ ދުވަހު ދިޔަ މީހެކެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މާމެންދޫ އިން ފައްސިވި މީހާ ދަތުރުކުރި ފްލައިޓުގައި 40 މީހުން އޭނާއާ އެކު ދަތުރު ކުރި ކަމަށެވެ. އޭނާ ދަތުރު ކުރި ފްލައިޓް ދިޔައީ ކޫއްޑޫ އަށް ކަމަށާއި ކޫއްޑޫން އެމީހުން ސީދާ ދިޔައީ މާމެންދޫ އަށް ކަަމަށް މަބްރޫކް ވިދާޅުވިއެވެ.

އެ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އެ އަތޮޅު ގެނަމަފުށީ މީހުން ކަމަށާއި ދެން ތިބީ ފައްސިވި މީހާގެ އާއިލީ ދެ މީހެއް ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މާމެންދޫން އޭނާ މާލެއަށް ދަތުރުކޮށްފައި ވަނީ މިދިޔަ މަހުގެ 31 ގައި ކަމަށާއި އޭނާ މާލެއަށް އައިސްފައިވަނީ ބަލިމީހެއްގެ އެހީތެރިއެއްގެ ގޮތުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. މާލޭގައި އޭނާ ގެސްޓް ހައުސެއްގައި ހުރީ އާއިލާގެ އިތުރު ދެމީހަކާ އެކުގައި ކަމަށާއި އަދި މި މަހުގެ 6 ވަނަ ދުވަހު އޭނާ ވަނީ ކޮވިޑަށް ޓެސްޓު ކުރެވިފައި ކަމަށާއި އޭރު އޭނާގެ ނަތީޖާ ނެގެޓިވްވި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ އެކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މާމެންދޫއާއި ގެމަނަފުށީގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުން އެ ދެ ރަށް މޮނިޓަރިންގެ ހާލަތަށް ލުމާމެދު ގޮތް ނިންމާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!