ކޮވިޑް-19: މަތިވެރި މޮނީޓަރިންގެ ހާލަތުން ނަގައިފި

އއ. މަތިވެރީގައި އިއުލާން ކޮށްފައިވާ މޮނީޓަރިންގެ ހާލަތު އުވާލާ، އެރަށް އާންމު ހާލަތަށް ލައިފިއެވެ.
މަތިވެރި ކައުންސިލު ރައީސް އިސްމާއިލް އާތިފް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުން 95 ސާމްޕަލެއް ނެގި ކަމަށާއި އޭގެ ތެރެއިން އެކަކުު ފިޔަވައި އެހެން އެންމެންގެ ނަތީޖާ ވެސް ނައްސި ކަމަށެވެ. އަދި މީގެ ކުޑައިރުކޮޅެއް ކުރިން އެރަށް މޮނީޓަރިންގެ ހާލަތުން ވެސް ނަގާފައިވާ ކަމަށް އާތިފް ވިދާޅުވިއެވެ.
"ފައްސި ވެފައިވަނީ ކުރިން ފައްސިވީ ދެ ކުދިންގެ ގޭގައި އުޅޭ އަންހެނެއް. އޭނާ ހުރީ ކަރަންޓީނުގައި. އިތުރަށް ނެގި ރޭންޑަމް ސާމްޕަކާއި ޑައިރެކްޓް ސާމްޕަލްތައް ނައްސި. މުޅިއަކު ނަގާފައި ވަނީ 95 ސާމްޕަލް" އާތިފް ވިދާޅުވިއެވެ.
މަތިވެރިން ނެގި ސާމްޕަލްތައް ނައްސިވުމުން، އާންމު ހާލަތަށް ގެނެސް، މޮނީޓަރިން އުވާލާފައިވާ ކަމަށް އަންގާ، އެޗްޕީއޭއިން ވަނީ އެރަށު ކައުންސިލަށް ލިޔުން ފޮނުވާފައެވެ.