އުޅަނދުފަހަރުގެ ތާޑް-ޕާޓީ ކަވަރޭޖަކުން ނުފުދޭ: އެލައިޑް ތަކާފުލްގެ މޮޓޯރ ކޮމްޕްރިހެންސިވް ޕްލޭން ވަރަށް މުހިންމު

ރާއްޖޭގެ މަގުތަކުގައި ދުއްވާ ކޮންމެ އުޅަނދެއްގައިމެ، 'ތާޑް-ޕާޓީ' އިންޝުއަރެންސް އޮތުން ޤާނޫނީ ގޮތުން ލާޒިމްކުރެވެއެވެ. ގިނަ މީހުންނަށް ހީވެފައި އޮންނަނީ މިއީ އެކްސިޑެންޓެއް ނުވަތަ ހާދިސާއެއް ދިމާވުމުން އަމިއްލަ އުޅަނދަށްވެސް ލިބޭ ގެއްލުން ފޫބައްދައިދޭނެ ޕްލޭނެއް ކަމަށެވެ. ނަމަވެސް ތާޑް-ޕާޓީ ކަވަރޭޖަކީ ހަމައެކަނި ތިންވަނަ ފަރާތަށް ލިބޭ ގެއްލުން (އެހެން މީހުންނަށާއި، އެހެން އުޅަނދުފަހަރަށް ލިބޭ ގެއްލުން) ކަވަރުކޮށްދޭ އެއްޗެކެވެ. އަމިއްލަ އުޅަނދަށް ލިބޭ ގެއްލުމުގެ ހަރަދު އުފުލަންޖެހެނީ އަމިއްލައަށެވެ. މިކަމަށް އޮތް ހައްލަކީ އެލައިޑް ތަކާފުލްގެ "މޮޓޯރ ކޮމްޕްރިހެންސިވް" ޕްލޭނެވެ.
މި ޕްލޭނުގައި ކަވަރުކުރާ ކަންތައްތައް:
• އަމިއްލަ އުޅަނދަށް ލިބޭ ގެއްލުން
• އަމިއްލަ ނަފްސަށް ލިބޭ ގެއްލުން
• ތިންވަނަ ފަރާތުގެ އުޅަނދަށް ލިބޭ ގެއްލުން
• ތިންވަނަ ފަރާތުގެ ނަފްސަށް ލިބޭ ގެއްލުން
• އަމިއްލަ އުޅަނދަށް ލިބޭ އެހެނިހެން ގެއްލުންތައް
ހާދިސާއެއް ދިމާވެއްޖެނަމަ އަމަލުކުރަންވީ ގޮތް:
• ލަސްނުކޮށް 1600 އަށް ގުޅައި، އީމެއިލްކޮށް، ނުވަތަ 'މައި-އެލައިޑް' ޕޯޓަލް މެދުވެރިކޮށް އެންގުން.
• ވީއެންމެ އަވަހަކަށް ފުލުހުންނަށް ރިޕޯޓުކުރުން.
މިހާރު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް އެލައިޑް މޯބައިލް އެޕް ނުވަތަ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް މި ޕްލޭން ނެގޭނެއެވެ. މި ޕްލޭން އާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް އެލައިޑްގެ ހިލޭ ގުޅޭ ނަންބަރު 1600 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ.





ކޮމެންޓް