Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

އަންނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް، މިއީ މި އަހަރަށްވުރެ 7 އިންސައްތަ ކުޑަ އަދަދެއް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަށްވުރެ 7 އިންސައްތަ ކުޑަ ބަޖެޓެއްކަން އަދި ޖުމްލަ ބަޖެޓުގެ އަދަދަކީ 59.7 ބިލިއަން ރުފިޔާކަން މާލީ ވުޒާރާއިން ހާމަކޮށްފިއެވެ. މިއަދު މާލީ ވަޒީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓަށް ބަލާއިރު، މި

2027ވަނަ އަހަރަށް ލަފާކުރާ ބަޖެޓް / ފޮޓޯ: ރައްޔިތުންގެ މަޖިލީސް
2027ވަނަ އަހަރަށް ލަފާކުރާ ބަޖެޓް / ފޮޓޯ: ރައްޔިތުންގެ މަޖިލީސް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި، މިއީ މި ހިނގާ އަހަރުގެ ބަޖެޓާ އަޅާބަލާއިރު 7 އިންސައްތަ ކުޑަ އަދަދެއް ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 64.2 ބިލިއަން ރުފިޔާއެވެ.

ބަޖެޓުގެ ތަފުސީލުތަކަށް ބަލާއިރު، އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 43.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ 33.6 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން ގޮތްގޮތުން ލިބޭނެ 9.1 ބިލިއަން ރުފިޔާގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 349.3 މިލިއަން ރުފިޔާއެވެ.

އަންނަ އަހަރުގެ ޖުމްލަ ހަރަދު 52.6 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު، ރިކަރަންޓް ހަރަދަށް 42.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 9.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާކުރެއެވެ. މިއީ މި އަހަރުގެ ކެޕިޓަލް ހަރަދަށްވުރެ އިތުރު އަދަދެކެވެ. ނަމަވެސް އެހެނިހެން ހޭދަތަކަށް ހިނގާނެ ކަމަށް ލަފާކުރާ 7.1 ބިލިއަން ރުފިޔާއަކީ މި އަހަރާ އަޅާބަލާއިރު ބޮޑުތަނުން ކުޑަ އަދަދެކެވެ.

ބަޖެޓުގެ ޖުމްލަ ޑެފިސިޓް 9.4 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު، މި ޑެފިސިޓް ފޫބެއްދުމަށް އެތެރޭގެ ބާޒާރުން 11.9 ބިލިއަން ރުފިޔާ އަދި ބޭރުގެ ފަރާތްތަކުން 6.9 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ރާވާފައެވެ. މިއީ މި އަހަރު އެތެރޭގެ ބާޒާރުން ނެގި 19.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުޑަވުމެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް