"ރޯދައަށް ހުރެ ވެކްސިން ޖެހުން ރަނގަޅެއް ނޫން"

ކޮވިޑް-19 އަށް ވެކްސިން ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، މި ވެކްސިން ރޯދައަށް ހުރެ ޖެހުން ރަނގަޅު ނޫން ކަމުގައި ޑރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ ފައިސަލް މިފަދައިން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ، އެގޮތުން މި ވެކްސިން ޖެހުމުގެ ސަބަބުން ވަރުބަލިވެ ފެންބޮވާ ގޮތް ވާ ކަމަށާއި، ރޯދައަށް ހުރެ މި ވެކްސިން ޖެހުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ވެކްސިން ޖެހުމުގެ ކުރިން ރަނގަޅަށް ކައިގެން އައުމަށް ވެސް ފައިސަލް ވަނީ އެދިފައެވެ.
ކޮވިޑް-19 އަށް ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ރާއްޖޭގައި ފެށިފައިވާއިރު، މި ވަގުތު ވެކްސިން ޖަހައިދެނީ މާލެ ސަރަހައްދުގެ 6 ސެންޓަރެއްގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގައެވެ. އޭގެ އިތުރުން ހއ. އަތޮޅާއި ނ. އަތޮޅާއި ލާމު އަދި ފުވައްމުލަކުގައި ވެކްސިން ދޭން މިއަދު ފަށާނެ އެވެ.
ވެކްސިން ޕްރޮގްރާމްގެ ދަށުން ، ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށާއި، ޓީޗަރުންނާއި ފްރަންޓު ލައިނުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އިތުރުން 65 އަހަރުން މަތީ މީހުންނަށް ކޮވިޑް ވެކްސިން ޖަހަން މިއަދު ވަނީ ފަށައިފައެވެ، އަދި އިންޑިއާއިން ދިން އެއްލައްްކަ ޑޯޒް މި މަސް ތެރޭގައި ހުސްވާނެ ކަމަށާއި، ޗައިނާއިން އަނެއްކާ ވެސް ރާއްޖެއަށް އެއްލައްކަ ޑޯޒްގެ ކޮވިޑް ވެކްސިން ދޭ ގޮތަށް ހަމަޖެހިފައިވެއެވެ.
ވެކްސިން އަކީ ބަލިތަކުން އިންސާނުން ރައްކޯތެރި ކޮށްދޭނެ އެއްޗެއްނޫން، އިންސާނުން ބަލިތަކުން ސަލާމަތްކޮށްދެނީ ހަމައެކަނީ ﷲ ތަޢާލާ !