Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ތިނަދޫ ބޮޑު ރޭޕްގެ މައްސަލަ: ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ގދ. ތިނަދޫގައި 22 އަހަރުގެ އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު އިތުރުކޮށްފި އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަފަހަރަށް ކޯޓަށް

ތިނަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރު ކުރެވުނު މީހުން / ފޮޓޯ: ފުލުހުންގެ ޚިދުމަތް
ތިނަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރު ކުރެވުނު މީހުން / ފޮޓޯ: ފުލުހުންގެ ޚިދުމަތް

ގދ. ތިނަދޫގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އަޙްމަދު ނޫޙު ނިޔާޒު (20އ) ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އަޙްމަދު އިފްތިޝާމް ޒަރީރު (24އ) އާއި ޢަލީ ޙުޒާމް ސަޢީދު (31އ) 90 ދުވަހަށް، ނަޖުމުﷲ ޙަސަން (35އ) 45 ދުވަހަށް، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ) އާއި އަޙްމަދު ޞާނިޖު ޞާދިޤު (32އ) 30 ދުވަހަށް، ޢާޒިމް މުފީދު (24އ) 15 ދުވަހަށް އަދި މުޙައްމަދު ޞާލިޙު އަޙްމަދު (26އ) ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް މާލެއިން ހާއްސަ ޓީމެއް ތިނަދޫގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

މިދިޔަ އަންގާރަ ދުވަހު ފުލުހުންނަށް ރިޕޯޓްކުރި މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް