އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލްގެ މަޤާމަށް މޫސާ ޢަލީ ޖަލީލް އައްޔަންކުރައްވައިފި
ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ކުރީގެ ދިފާއީ ވަޒީރު އަދި ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތުގެ ވެރިޔާ މޫސާ އަލީ ޖަލީލް އިއްޔެ އައްޔަން ކުރަށްވައިފިއެވެ. އެންސީޓީސީ އަކީ ޓެރަރިޒަމްގެ ނުރައްކާތަކުން ދިވެހިރާއްޖެ ރައްކާތެރިކުރުމަށާއި، ހަރުކަށި ފިކުރ

ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓާ ޖެނެރަލްގެ މަޤާމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރިޓަޔާޑް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ.
އެންސީޓީސީއަކީ ޓެރަރިޒަމްގެ ނުރައްކާތަކުން ރާއްޖެ ރައްކާތެރިކުރުމަށާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށްޓަކައި 2016ވަނަ އަހަރު އުފައްދާފައިވާ، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިންގާ އިދާރާއެކެވެ. އެ އިދާރާގެ އެންމެ އިސްވެރިޔާގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ދިވެހި އަސްކަރިއްޔާގައި 32 އަހަރު ވަންދެން ހިދުމަތް ކުރެއްވި މޫސާ ޢަލީ ޖަލީލަކީ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރެއްވީ 9 ފެބްރުއަރީ 2012 ގައެވެ.
ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާއުގައި، ޚާއްސަކޮށް 1988ވަނަ އަހަރުގެ ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައި އޭނާ ދެއްކެވި ހިތްވަރުގަދަ މަސައްކަތްޕުޅުގެ އަގުވަޒަންކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އޭނާއަށް "ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް" އަރުވާފައެވެ. މީގެ އިތުރުން ވެސް ނޮވެމްބަރު ތިނެއްގެ މެޑަލް އާއި ރައީސްގެ މެޑަލް ފަދަ ގިނަ ޝަރަފުތަކެއް އޭނާ ވަނީ ހޯއްދަވާފައެވެ.





ކޮމެންޓް