ނަސްރުންގެ ދުވަހަށް ޖުމުހޫރީ މައިދާން ހިމެނޭ މަގުތަކާއި ކަނޑުގެ ސަރަހައްދު ބަންދުކުރަނީ
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކާ ގުޅިގެން، 2026 ނޮވެމްބަރު 3 ވާ އަންގާރަ ދުވަހު ޖުމްހޫރީ މައިދާނާއި ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތަކާއި ކަނޑުގެ ސަރަހައްދު ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ގޮތުން މި ސަބަބާ ވިދިގެން ބަންދު ކުރުމަށް ހަމަޖެހިފައިވާ މަގުތަކާއި ފަޅު ބަންދުކުރެވޭ ވަގުތުތައް:
• ޖަމާއަތުގައި ކުރެވޭ ފަތިސް ނަމާދު: ފަތިހު 04:00އިން ފެށިގެން ނަމާދު ނިމެންދެން، އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުކުރުން.
• ޝަހީދުންގެ ބިނާގައި ދިދަ މައުންޓްކުރުން: ފަތިހު 04:00އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުކުރުން.
• މިލިޓަރީ ޑިސްޕްލޭ: މެންދުރުފަހު 13:30އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކުގެ އިތުރުން ފަޅާއި ކަނޑުގެ ސަރަހައްދު ބަންދުކުރުން.
• ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ: ހަވީރު 18:30އިން ފެށިގެން ޖަލްސާ ނިމެންދެން، ޖުމްހޫރީ މައިދާން ވަށައިގެންވާ މަގުތަކާއި އެ ސަރަހައްދުގެ ފަޅު ބަންދުކުރުން.
މި ބަދަލުގެ ސަބަބުން ދަތުރުފަތުރުކުރައްވާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މާފަށް އެދޭ ކަމަށާއި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށް މި ފުރުސަތުގައި ޝުކުރު އަދާކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ.




ކޮމެންޓް