Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޑޮލަރުގެ ދަތިކަން ހައްލުވަނީ ރައީސްގެ އިޤްތިސާދީ ފިޔަވަޅުތަކުން: ވަޒީރު ސައީދު

ޑޮލަރުގެ މައްސަލައިގައި އިދިކޮޅުން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން، ވަޒީރު ސައީދު ވަނީ ކުރީ ސަރުކާރަށްވުރެ ގިނައިން މި ސަރުކާރުން ޑޮލަރު ދޫކުރާކަން…

ފޮޓޯ: ރައްޔިތުންގެ މަޖިލީސް
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުވަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ އިގްތިސާދީ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޑޮލަރުގެ ދަތިކަމަކީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އުފަންކުރުވި މައްސަލައެއް ކަމަށެވެ. އަދި މަނިޓަރީ ސިޔާސަތުތައް ތަންފީޒުކުރުމަކީ މަރުކަޒީ ބޭންކުގެ ޒިންމާއެއްކަން ފާހަގަކުރައްވައި، މި ސަރުކާރުން ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރާ މިންވަރު ކުރީ ސަރުކާރާ އަޅާބަލާއިރު އިތުރުވެފައިވާކަމުގެ ތަފާސްހިސާބުތައް އޭނާ ހާމަކުރެއްވިއެވެ.

ވަޒީރު ހިއްސާކުރެއްވި ހިސާބުތަކަށް ބަލާއިރު، ކުރީ ސަރުކާރުގެ ތިން އަހަރާ އަޅާބަލާއިރު މި ސަރުކާރުން ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރި މިންވަރު ވަނީ 80 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މި ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ޖުމްލަ 1.9 ބިލިއަން ޑޮލަރު ދޫކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ތެރޭގައި 2024ވަނަ އަހަރު ދޫކުރި 486.53 މިލިއަން ޑޮލަރު ހިމެނެއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ދުނިޔޭގެ މަސްރަހުގައި ހުރި ގޮންޖެހުންތަކާ އެކު ވެސް، މި ސަރުކާރުން ދަނީ ވިޔަފާރިވެރިންނާއި ރައްޔިތުންގެ ކުރިއެރުމަށްޓަކައި ބޭނުންވާ ޑޮލަރު ފޯރުކޮށްދެމުން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ފަތުރަނީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، ކަޅުބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާއިރު، އެކަން ހައްލުކުރުމަށް ވަޒީރު އެދެވޭ މަސައްކަތެއް ނުކުރައްވާ ކަމަށެވެ. އަދި ޑޮލަރުގެ ދަތިކަމާ ހެދި މުދާ ނެރުން ލަސްވެ، ތަކެތީގެ އަގު އުފުލިފައިވާ ކަމަށް ވެސް އެ ޕާޓީން ތުހުމަތުކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް