މެލޭޝިއާގައި އުޅޭ ދިވެހީންނަށް ފަސޭހައިން ފޮތް ލިބޭނެގޮތް ހަދަން ބުކް ކޯނާއެއް ހުޅުވައިފި

މެލޭޝިއާގައި އުޅޭ ދިވެހީންނާއި ދަރިވަރުންނަށް ދިވެހި ފޮތް ފަސޭހައިން ލިބޭނެގޮތް ހަދަން ބުކް ކޯނާއެއް އެ ގައުމުގައި ހުޅުވައިފިއެވެ.
'މޯލްޑިވްސް ކޯނާ-މެލޭޝިޔާ'ގެ ނަމުގައި އެ ބުކްކޯނާ އެ ބުކް ކޯނާ ހުޅުވީ މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުގެ ދަށުން ގާއިމްކުރެވިފައިވާ މޯލްޑިވްސް ކަލްޗަރަލް ސެންޓަރު ގައެވެ. މި ކޯނަރު ހުޅުވައި ދެއްވީ ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައިހުންނަވާ ހައިކޮމިޝަނަރު ޑރ. މަރިޔަމް ޝަބީނާ އަހުމަދެވެ.
މި ކޯނަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ހައިކޮމިޝަނަރު ވިދާޅުވީ 'މޯލްޑިވްސް ކޯނަރ-މެލޭޝިޔާ'ގެ މައިގަނޑު އެއް މަގްސަދަކީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި އަދި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ދިވެހި ފޮތްތައް، ފަސޭހައިން އެއްތަނަކުން ލިބޭނޭ މަގު ތަނަވަސްކޮށްދީ، މިކަމުގެ ސަބަބުން އެފަރާތްތައް ދިވެހި ބަހާއި އަދަބިއްޔާތައް ޝައުގުވެރިކުރުވައި، ދިވެހިބަހާއި، ދިވެހި ސަގާފަތަކީ އެކުދީންގެ އަމިއްލައެއްޗެއްގެ ގޮތުގައި ބަލައިގަތުމަށް މަގުފަހިކުރުމެވެ.
މި ކޯނަރު މެދުވެރިކޮށް ދިވެހި ސަގާފަތާބެހޭ މުހިންމު މައުލޫމާތު ފޯރުކޮށްދިނުމާއި، "ކަލްޗަރަލް ޑިޕލޮމެސީ"ގެ ދަށުން އަދަބީ އަދި ސަގާފީ އެކި ހަރަކާތް ހިންގުމަށް ރޭވިފައިވާ ކަމުގައި ވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ.





ކޮމެންޓް