Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ތ. އަތޮޅު ހޮސްޕިޓަލު ތަރައްގީކުރަން ކުވެއިތު ފަންޑުން 9.7 މިލިއަން ޑޮލަރުގެ ލޯނެއް

ތ. އަތޮޅު ހޮސްޕިޓަލު ތަރައްގީކުރަން  ކުވެއިތު ފަންޑުން  9.7 މިލިއަން ޑޮލަރުގެ ލޯނެއް

ތ. އަތޮޅު ހޮސްޕިޓަލު ތަރައްގީކުރަން ކުވެއިތު ފަންޑުން 9.7 މިލިއަން ޑޮލަރުގެ ލޯނެއް ދީފިއެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީއާއި ކުވެއިތު ފަންޑުން ސޮއިކުރީ އިއްޔެއެވެ.

މިއީ ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ "ތ. ވޭމަންޑޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލް ޕްރޮޖެކްޓް" ހިންގުމަށް ދިވެހި ސަރުކާރާއި ކުވެއިތު ފަންޑާއާ އެކު ވެވުނު ޖުމްލަ ތިން މިލިއަން ކުވައިތީ ދީނާރުގެ ލޯނު އެއްބަސްވުމެކެވެ. މިއީ ގާތްގަނޑަކަށް 9.7 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެކެވެ.

މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ ތ. އަތޮޅުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މިގޮތުން، ލާމަރުކަޒީ އުސޫލުން ސެކަންޑަރީ ފެންވަރުގެ ސިއްހީ ހިދުމަތް އެންމެ އެކަށީގެންވާ ވަގުތުގައި ފޯރުކޮށްދިނުމަށް މަގުފަހިވެ، ފަރުވާއަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކާއި އެކަމަށް ހިނގާ ހަރަދުތައް ބޮޑުތަނުން ކުޑަވެގެންދާނެއެވެ. އަދި މި ހިދުމަތްތަކުގެ ފައިދާ އެ އަތޮޅުގެ އާބާދީގެ އިތުރުން އެ އަތޮޅަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ލިބިގެންދާނެއެވެ.

ކުވެއިތު ފަންޑުން ރާއްޖޭގެ މަޝްރޫއުތަކަށް ފައިނޭންސް ކުރަން ފެށިތާ 50 އަހަރު ފުރިފައިވާއިރު ވޭތުވެދިޔަ މުއްދަތުގައި 185 މިލިއަން އެމެރިކާ ޑޮލަރުގެ 14 ލޯނެއް ދޫކޮށްފައިވެއެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ހިންގި މަޝްރޫއުއަށް އެ ފަންޑުން އެހީވެދީފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް