Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ތިނަދޫގައި ކަރަންޓީންގައި ނެތް މީހަކު ފައްސި ވުމާ ގުޅިގެން ރަށް މޮނީޓަރިން އަށް

ތިނަދޫގައި ކަރަންޓީންގައި ނެތް މީހަކު ފައްސި ވުމާ ގުޅިގެން ރަށް މޮނީޓަރިން އަށް

ގދ. ތިނަދޫގައި ކަރަންޓީންގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެ ރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.

ތިނަދޫ ކައުންސިލްގެ ރައީސް “ދެން” އަށް މައުލޫމާތު ދެމުން ވިދާޅުވީ ކޮވިޑަށް ފައްސި ވެފައިވަނީ އެ ރަށު ކަރަންޓީނުގައި ނެތް މީހެއް ކަމަށެވެ. އެ މީހާއަކީ އައްޑޫ ކްލަސްޓަރ ގައި ހިމެނޭ މީހެކެވެ.

“ދެން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުން ފައްސިވި މީހާއާ ގިނަ ބަޔަކު ކޮންޓެކްޓް ވެފައި ވެއެެވެ. ރަށް މޮނިޓަރިން ހާލަތަށް ގެނެވުނު އިރު ސްކޫލު ތަކުގައި ކިޔެވުން ފަށާފައި ވުމާ ގުޅިގެން މިހާރު ސްކޫލުތައް ބަންދުކޮށް ދަތިވަރުން ވަނީ ގެއަށް ފޮނުވާލާފައެވެ.

Advertisement
Ooredoo — Square (box)

މި މަހު 3 ވަނަ ދުވަހު މާލެއިން ހުއްދަ ނަގައިގެން ސަރުކާރުން ފޮނުވި ދެ މީހަކު ފައްސި ވުމާ ގުޅިގެން ތިނަދުއަށް އަރައިފޭބުން މަނާކޮށް، އެރަށް މޮނީޓަރިންގެ ހާލަތަށް ލާފައިވެއެވެ. އެހެން ނަމަވެސް އެމީހުންނާ ދިމާވީ މީހުން ހޯދައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށްފަހު ނެގުނު ހުރިހާ ސާމްޕަލްއެއް ނެގެޓިވް ވުމާ ގުޅިގެން އޭގެ 2 ދުވަސް ފަހުން އެ ރަށުގެ މޮނިޓަރިން ހާލަތު ވަނީ އުވާލާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް