ޚަބަރު

ކޮވިޑް-19: މިސްކިތްތަކުގެ އިމާމުންނަށް ވެކްސިން ޖަހަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިސްކިތްތަކުގެ އިމާމުންނަށް ކޮވިޑް-19 ވެކްސިން ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by MWSC

ރާއްޖޭގެ ކޮވިޑް-19 ހާލަތު އިތުރަށް ގޯސްވަމުން އަންނާތީ މި ހާލަތުގައި ކަން ކުރަންވީ ގޮތުގެ އިރުޝާދު ދިނުމަށް އެ މިނިސްޓްރީން ވަނީ އިމާމުންނާ ބައްދަލު ކޮށްފައެވެ.

މި ބައްދަލުވުމުގައި އެ މިނިސްޓްރީން ވަނީ ވީ އެންމެ އަވަހަކަށް އިމާމުންނަށް ކޮވިޑް-19 ވެކްސިން ޖެހުމުގެ މަސައްކަތް އެޗްޕީއޭ ގުޅިގެން ކުރަމުން އަންނަ ކަން ހާމަކޮށްފައެވެ.

މިސްކިތްތަކަށް ނަމާދަށް ދާއިރު އެޗް.ޕީ.އޭ ގެ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ޢާއްމުންނަށް އިތުރަށް ނަޞޭޙަތްތެރިވުމަށް މި ބައްދަލުވުމުގައި އިމާމުންނަށް އަންގާފައިވާއިރު، މިސްކިތަށް ދާ އެންމެން ވެސް މާސްކް އެޅުމަށާއި މުސައްލަ ހިފައިގެން ދިއުމަށް ކުރިއަށް ވުރެ ބޮޑަށް ބާރު އެޅުމަށް އިމާމުންނަށް ވަނީ އަންގާފައެވެ.

އަދި ޢާއްމު ސަލާމަތާއި ރައްކާތެރި ކަމަށާއި އެންމެންގެ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ޤަވާޢިދުތަކަށް ހުރިހައި އެންމެން ވެސް އެއްބާރުލުންދީ އެކަންކަމަށް އިތުރަށް ސަމާލުވުމަށް ވަނީ އަންގާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!